ސީސީއޯ ހުސެއިން ނިޔާޒް އުރީދޫ ޓީމްގެ ބައެއް މެންބަރުންނާއެކު - ފޮޓޯ: އުރީދޫ
ކަސްޓަމަރ
ޑޭ ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްގެ މެނޭޖްމަންޓް ޓީމާއި މުވައްޒަފުން
ވަނީ ކަސްޓަމަރުންގެ ހިޔާލުތަކާއި އިހުސާސުތައް ދެނެގަތުމަށްޓަކައި ކަސްޓަމަރުންގެ
ގާތަށް ޒިޔާރަތްކުރިއެވެ.

އެކްސްޕީރިއަންސް
ސެންޓަރުތަކާއި، ރީޓެއިލް ފިހާރަތަކާއި، ޕާޓްނަރުންގެ ސައިޓްތައް ފަދަ ތަފާތު
ތަންތަނުގައި ކަސްޓަމަރުންނާ ބައްދަލުކޮށް، ކަސްޓަމަރުންގެ ފީޑްބެކް އަޑުއަހައި،
ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް ބޭނުންވާ އަގުހުރި މައުލޫމާތުތައް އެއްކުރިއެވެ.
މި
ހަރަކާތުގެ ދަށުން އުރީދޫގެ ހުރިހާ ޑިޕާޓްމެންޓެއްގެ މުވައްޒަފުން ސީދާ
ކަސްޓަމަރުންނާ މުޢާމަލާތުކޮށް، ކަސްޓަމަރުންގެ ބޭނުންތަކާއި، ދަތިތަކާއި،
ލަފާތައް ދެނެގަތުމަށް މަގުފަހިވެގެން ދިޔައެވެ.

އަޅުގަނޑުމެންގެ
ހުރިހާ ހަރަކާތެއްގެ މައި ތަނބަކީ އަޅުގަނޑުމެންގެ ކަސްޓަމަރުން. ކަސްޓަމަރ ޑޭ
އަކީ ކަސްޓަމަރުންގެ ބޭނުންތައް އޮޅުންފިލުވައި، ފަރުވާތެރިކަމާއެކު އަޑުއަހައި،
އެ މީހުންނަށް ހިދުމަތް ދެވޭނެ ގޮތްތައް ދެނެގަންނަ ދުވަހެކެވެ. އުރީދޫއިން
ހިދުމަތް ދޭ ފަރާތްތަކާ އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، ކަސްޓަމަރުންނަށް
އިތުރަށް ގެނެސްދޭންޖެހޭ ކަންކަން އިނގުމަށް އެހީތެރިވެދޭ ކަމެކެވެ. މި
ހަރަކާތުގައި އުރީދޫގެ ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުން އަދި މެނޭޖްމަންޓް
އަދި ހުރިހާ ފަންތިއެއްގެ މުވައްޒަފުން ވަނީ މި ހަރަކާތުގައި ބައިވެރިވެފަ އެވެ.

މި
ހަރަކާތުގެ ސަބަބުން އުރީދޫގެ އުފެއްދުންތަކާއި ތަޖުރިބާތައް އިތުރަށް ފުޅާކޮށް،
ކަސްޓަމަރުންގެ ބޭނުންތަކަށް އަންނަ ބަދަލުތައް ފުއްދުމަށް އުރީދޫއިން ކުރަމުން
އަންނަ މަސައްކަތް ރަމްޒުކޮށްދޭ ކަމެކެވެ. މި އަހަރުގެ އުރީދޫގެ ކަސްޓަމަރ ޑޭގެ ޝިއާރަކީ
"ޑިޖިޓަލީ ޔުއަރސް: އެލިވޭޓިންގ ކަސްޓަމަރ އެކްސްޕީރިއަންސް" އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް