N/A
އުރީދޫ މޯލްޑިވްސް އިން ފޯރުކޮށްދެމުންދާ ޓެކްސްޓް އަ
ކޮފީ ޚިދުމަތަކީ ރައްޓެހިންނާއި އާއިލާ އާ ގުޅުން ބަދަހި ކުރުމަށްޓަކައި ހަދިޔާއެއް
ފޮނުވާލުމަށް ވަރަށް ފަސޭހަ ޚިދުމަތެކެވެ.
ޓެކްސްޓް އަ ކޮފީގެ ޚިދުމަތް މެދުވެރިކޮށް އުރީދޫގެ
ކަސްޓަމަރުންނަށް އާއިލާ އާއި ރަހުމަތްތެރިންނަށް ވަގުތުން ޓްރީޓެއް ފޮނުވޭނެ އެވެ.
ދާން ބުނެވުނު ކޮފީއަށް ނުދެވި ނުވަތަ ރައްޓެއްސަކަށް ސަޕްރައިޒެއް ދިނުމަށް ވެސް މި
ޚިދުމަތަކީ އެހީތެރިއަކަށް ވާނެއެވެ.
މަޖާ އަދި ފަސޭހަ ގޮތަކަށް ފަރުމާކޮށްފައިވާ "ޓެކްސްޓް
އަ ކޮފީ" އަކީ ރާއްޖޭގެ ކޮންމެ ނެޓްވޯކެއްގެ ފަރާތަކަށްވެސް ޓްރީޓެއް ފޮނުވޭ ގޮތަށް
ތައްޔާރުކޮށްފައިވާ ޚިދުމަތެކެވެ. ހަދިޔާއެއް
ފޮނުވުމަށް ފަހު، އެ ހަދިޔާ ލިބޭ ފަރާތަށް އެ ޓްރީޓްގެ ތަފްސީލް ހިމެނޭ ކޮންފަމޭޝަން
އެސްއެމްއެސް އާއި ޔުނިކް ޓްރާންސެކްޝަން ކޯޑެއް ވެސް ލިބޭނެ އެވެ. އެއަށް ފަހު ކެފޭ
ނުވަތަ ރެސްޓޯރެންޓަށް ގޮސް، ކޯޑު ހިއްސާކޮށް، ފަސޭހަކަމާ އެކު ހަދިޔާގެ ރަހަ ބަލާލެވޭނެ
އެވެ.
މި ހިދުމަތުގައި މިހާރު 13 ޕާޓްނަރު އައުޓްލެޓެއް ހުރެ
އެވެ. އޭގެ ތެރޭގައި ޑަންކް އެން ޑިޕް، ކަބޯލް، ސޯހޯ ކޮފީ ހައުސް، ދަ ކޮފީ ބީން އެންޑް
ޓީ ލީފް އަދި ބްރެޑް މެޓާސް ފަދަ މަގުބޫލު ކެފޭތައް ހިމެނެ އެވެ.
"ޓެކްސްޓް އަ ކޮފީ" އަކީ އުރީދޫ
މޯލްޑިވްސްގެ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމަށް އުރީދޫއިން ދޭ އަހައްމިއްޔަތުކަން
ރަމްޒުކޮށްދޭ ޚިދުމަތެކެވެ. ސަޕްރައިޒް ޓްރީޓެއް ފޮނުވާލައިގެން މި ހިދުމަތުގެ ސަބަބުން
ކޮންމެ ވަގުތަކު، ކޮންމެ ތަނެއްގައި ހުރި ރައްޓެއްސަކަށްވެސް އުފާވެރިކަން ގެނެސްދެވޭނެ
އެވެ.
"އުރީދޫ ސުޕަރ އެޕް ނުވަތަ އުރީދޫގެ ވެބް ޕޯޓަލް މެދުވެރިކޮށް
ޓެކްސްޓް އަ ކޮފީ އެއް ފޮނުވާލެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް