ޑްރަގް އަޅާފައި ހުރި 66 ބުލެޓް ދިރުވާލައިގެން އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފި

ދިރުވާލައިގެން ރާއްޖެ އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ. މި އޮޕަރޭޝަން ހިންގީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. އެ އިދާރާއިން ބުނީ މިތަކެތި އަތުލަ...

06 Aug 2026 | 04:32
މީގެ ކުރިން ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތިތަކެއް --

މީގެ ކުރިން ކަސްޓަމްސް އިން އަތުލައިގަތް މަސްތުވާތަކެތިތަކެއް --

ދިރުވާލައިގެން ރާއްޖެ އެތެރެ ކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

މި އޮޕަރޭޝަން ހިންގީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ.

އެ އިދާރާއިން ބުނީ މިތަކެތި އަތުލައިގެންފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ރާއްޖެއިން ބޭރުން އައި ފަސެންޖަރެއްގެ ހަށިގަނޑުން ކަމަށެވެ. މި މައްސަލައިގަ ހައްޔަރު ކުރީ ކޮން ގައުމެއްގެ މީހެއް ކަމެއް ނޭނގެ އެވެ.

ކަސްޓަމްސް އިން މައުލޫމާތުދޭގޮތުގައި މި އޮޕަރޭޝަންގައި އަތުލައިގަތީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންގެ 66 ބުލެޓު ކަމަށެވެ. އެތަކެތީގެ ބަރުދަނުގައި 1،180 ގްރާމް ހުރި ކަމަށެވެ. އެތަކެތީގެ މަގުމަތީ އަގު 2.9 މިލިއަން ރުފިޔާއަށްވިރެ އިތުރު ވާނެ ކަމަށް ލަފާ ކުރެ އެވެ.

މި މައްސަލައިގަ މީހަކު ހައްޔަރު ކުރި މީހާގެ މައުލޫމާތު އަދި ކަމާ ބެހޭ އިދާރާތަކުން ހާމައެއް ނުކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް