މި އުފާވެރި ރޭ ވަރަށް ހިތްދަތިވެއްޖެ: ރައީސް ނަޝީދު

އެމްޑީޕީގެ ކާމިޔާބީ ފާހަގަކުރުމަށް މިރޭ ހެދިގޮނޑުދޮށުގައި ބާއްވާ ޖަލްސާއާ ގުޅިގެން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު "މި އުފާވެރި ރޭ ވަރަށް ހިތްދަތިވެއްޖެ" ކަމަށް ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު އޭނާގެ...

06 Apr 2026 | 17:11
ރައީސް ނަޝީދާއި ރައީސް ސޯލިހް - ފޮޓޯ: ޖަޒީރާ

ރައީސް ނަޝީދާއި ރައީސް ސޯލިހް - ފޮޓޯ: ޖަޒީރާ

އެމްޑީޕީގެ ކާމިޔާބީ ފާހަގަކުރުމަށް މިރޭ ހެދިގޮނޑުދޮށުގައި ބާއްވާ ޖަލްސާއާ ގުޅިގެން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު "މި އުފާވެރި ރޭ ވަރަށް ހިތްދަތިވެއްޖެ" ކަމަށް ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އޭނާގެ އަން އޮފިޝަލް އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "މި އުފާވެރި ރޭ، ވަރަށް ހިތްދަތިވެއްޖެ" ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އެ ޕޯސްޓުގައި ހާމައެއް ނުކުރައްވައެވެ.

މި ޕޯސްޓާ ގާތްގަނޑަކަށް އެއް ވަގުތެއްގައި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް، ޕާޓީގެ ވެރީން ތިއްބަވާ ގްރޫޕަކަށް ފޮނުއްވެވި މެސެޖެއްގައި ވިދާޅުވީ، ޗެއާ ގުޅުއްވައި މިރޭގެ ޖަލްސާގައި ވާހަކަ ދެއްކެވުމަށް އެދިވަޑައިގެންނެވި ކަމަށާއި، ސްޕީޗް ތައްޔާރުކޮށް ތައްޔާރުވީ ތަނާ، އޭނާއާއި ރައީސް ނަޝީދަށް ފުރުސަތު ނުދޭން ނިންމި ކަމުގެ ޚަބަރު ބޭރުމަތިން ލިބުނު ކަމަށެވެ. ފައްޔާޒު ވިދާޅުވީ ޗެއާ ގާތު ފުރުސަތު ދިނުމުން މައްސަލަ ޖެހޭނެ ނޫންހޭ ދެންނެވި ކަމަށާއި، ޗެއާ ވިދާޅުވީ "ތި މަންނަގެ ނިންމުމޭ، އައި ވިލް ޑިސައިޑް" ކަމަށެވެ. ފައްޔާޒު ވިދާޅުވީ އޭނާއަށް ފުރުސަތު ނުދެއްވި ނަމަވެސް ރައީސް ނަޝީދަށް ފުރުސަތު ދިނުން ކުރިމަގަށް މުހިންމު ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

ނިމިދިޔަ އިންތިޚާބުތަކުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ހެދިގޮނޑުދޮށުގައި ކުރިއަށްދާ މި ޖަލްސާގައި ރައީސް ނަޝީދާއި ފައްޔާޒު ބައިވެރިވެވަޑައެއް ނުގަންނަވައެވެ. ޖަލްސާގައި އިސްކޮށް ތިއްބެވީ އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދާއި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް