އައު ޓާމިނަލް އިންތިހާ ފިނިކަމުން ރައީސް ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް އިންތިހާއަށް ފިނިކަމުން ރައީސް ނަޝީދު އެކަމާއި މެދު ކަންބޮޑުވެއްޖެއެވެ. މިކަމާ ގުޅިގެން ރައީސް ނަޝީީދު "އެކްސް" ގައި ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވީ، އަ...

02 Nov 2025 | 05:47
ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު - ފައިލް ފޮޓޯ: ދުވަސް

ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު - ފައިލް ފޮޓޯ: ދުވަސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލް އިންތިހާއަށް ފިނިކަމުން ރައީސް ނަޝީދު އެކަމާއި މެދު ކަންބޮޑުވެއްޖެއެވެ.

މިކަމާ ގުޅިގެން ރައީސް ނަޝީީދު "އެކްސް" ގައި ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވީ، އައު ޓާމިނަލްގެ ފިނިހޫނުމިން ހުންނަނީ 15 ޑިގްރީ ސެލްސިއަސްގައި ކަމަށެވެ.

އެތަނުގެ ފިނިހޫނުމިން 20 އާއި 25 އާއި ދެމެދުގެ ޑިގްރީގައި ބެހެއްޓުމަކީ އެންމެ އެކަށީގެންވާ ގޮތް ކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ.

އެތަނުގެ ފިނިހޫނުމިން 15 ސެލްސިއަސް ޑިގްރީގައި ބެހެއްޓުމަކީ ކުރެވޭ ބޭކާރު ހަރަދެއް ކަމުގައި ނަޝީދު ވިދާޅުވެފައިވެއެވެ.

ޒަމާނީ ފެންވަރަށް މިދިޔަ ޖުލައި 26 ވަނަ ދުވަހު ހުޅުވި އައު ޓާމިނަލަކީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށް ފަރުމާކޮށްފައިވާ ޓާމިނަލެކެވެ. އައު ޓާމިނަލްއަށް ހުރިހާ އެއާލައިނެއް ބަދަލުކުރުމުގެ މަސައްކަތް އެމްއޭސީއެލް އިން އަދިވެސް ދަނީ ކުރަމުންނެވެ. މި ޓާމިނަލަކީ  78 ހާސް އަކަ މީޓަރުގެ ބޮޑު ޓާމިނަލެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް