N/A
ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ބަދަލާއި ގުޅިގެން،
މިފްކޯއިން ވިއްކާ ތެޔޮ މަސްދަޅު، ދަޅަކުން ރުފިޔާއެއް ބޮޑުކޮށްފިއެވެ.
ދުވަހަށް މަޢުލޫމާތުދެމުން މިފްކޯއިން ބުނީ މި ބަދަލާއެކު
ކުރިން 17 ރުފިޔާ 30 ލާރިއަށް ވިއްކަމުންދިޔަ ތެޔޮ މަސްދަޅެއް މިހާރު ވިއްކާ
އަގަކީ 18.30 ކަމަށެވެ. އަދި ކޭހަކަށް ބަލާނަމަ ކުރިން 760 އަށް ލިބެމުންދިޔަ ތެޔޮ
މަސްދަޅު ކޭހެއް ދެން ލިބޭނީ 800 އަށް ކަމަށެވެ.
މި ބަދަލާއެކު ފިހާރަކުން 18 ނޫނީ 19 އަށް ވިއްކާ
ތެޔޮ މަސް ދަޅެއް 20 ރުފިޔާ 21 ރުފިޔާއަށް އުފުލޭނެއެވެ.
މިފްކޯއިން ފާހަގަކުރާގޮތުގައި މި ބަދަލަކީ ދުނިޔޭގެ
ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެން މިފްކޯގެ އުފެއްދުމުގެ ޚަރަދު
ބޮޑުވަމުން އަންނައިރު އެކަންކަން ފޫބެއްދުމަށް ރައްޔިތުންނަށް ވީހާވެސް ބާރު ބޮޑު
ނުވާނޭހެން ގެންނަން ނިންމި ބަދަލެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް