އުކުޅަހު 50 ހައުސިން ޔުނިޓު އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި

އއ. އުކުޅަހުގައި 50 ހައުސިން ޔުނިޓު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ. މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި ރައީސް...

05 Aug 2026 | 18:29
އުކުޅަހު ހައުސިން ޔުނިޓުތަކުގެ އަމަލީ މަސައްކަތް ފެށުން -- ފޮޓޯ: ހައުސިން މިނިސްޓްރީ

އުކުޅަހު ހައުސިން ޔުނިޓުތަކުގެ އަމަލީ މަސައްކަތް ފެށުން -- ފޮޓޯ: ހައުސިން މިނިސްޓްރީ

އއ. އުކުޅަހުގައި 50 ހައުސިން ޔުނިޓު ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އުކުޅަހަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފެށި މި މަޝްރޫޢު ހަވާލުކޮށްފައިވަނީ އަލްޓެކް މޯލްޑިވްސް ކުންފުންޏާއި އެވެ. މި މަޝްރޫޢުގެ ދަށުން ބިނާކުރާނީ ތިން ކޮޓަރީގެ އެޕާޓްމެންޓުތައް ހިމެނޭ ހައުސިން ޔުނިޓުތަކެކެވެ.

މި މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ 600 ދުވަހުގެ ތެރޭގައި އެވެ. ނަމަވެސް މަޝްރޫޢުގެ ޖުމުލަ އަގު ހައުސިން މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

ގާތްގަނޑަކަށް 1200 މީހުންގެ އާބާދީއެއް އޮތް އުކުޅަހުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދަނީ އެ ރަށު ހިއްކި 13 ހެކްޓަރުގެ ބިމުގައެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ އޮގަސްޓް މަހު ރައީސް އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ހިއްކި ސަރަހައްދުން 250 ގޯތި ދޫކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް