އެމްއެމްއޭއާ ގުޅޭ ތާރީހީ ފޮޓޯ ހޯދަނީ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ގުޅުން ހުރި ތާރީހީ ފޮޓޯތައް ހޯދަން އެ އޮތޯރިޓީން އިއުލާންކޮށްފިއެވެ. އެމްއެމްއޭއިން ބުނީ އެ ފޮޓޯތައް ހޯދަނީ އޮތޯރިޓީގެ ތާރީހާ ބެހޭ ފޮތެއްގައި ބޭނުންކުރަން ...

05 Mar 2026 | 08:19
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) - ފައިލް ފޮޓޯ: އެމްއެމްއޭ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) - ފައިލް ފޮޓޯ: އެމްއެމްއޭ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ގުޅުން ހުރި ތާރީހީ ފޮޓޯތައް ހޯދަން އެ އޮތޯރިޓީން އިއުލާންކޮށްފިއެވެ.

އެމްއެމްއޭއިން ބުނީ އެ ފޮޓޯތައް ހޯދަނީ އޮތޯރިޓީގެ ތާރީހާ ބެހޭ ފޮތެއްގައި ބޭނުންކުރަން ކަމަށެވެ. އެ އޮތޯރިޓީއާ ގުޅުން ހުރި ތާރީހީ ފޮޓޯތައް ހުރި ފަރާތްތަކުން މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރު ފަހު ތިނެއް ޖެހުމުގެ ކުރިން [email protected] އަށް މެއިލްކުރުމަށް ވަނީ ހުޅުވާލައިފައެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި ލިބޭ ފޮޓޯތައް ބޭނުންކުރާނީ އޭގެ ވެރިފަރާތާ މަޝްވަރާކޮށް އެއްބަސްވެވޭ ގޮތެއްގެ މަތިންނެވެ. މަރުކަޒީ ބޭންކާ ގުޅޭ ތާރީހީ ފޮޓޯތައް އެއްވެސް މީހެއްގެ އަތުގައި ހުރި ނަމަ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހިއްސާކުރުމަށް ވެސް އެ އޮތޯރިޓީން ވަނީ އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް