ބޮޑުތަކުރުފާނު މަގުގެ އަލަށް ހެދި ބައިގެ އެއްގަމު ތޮށީގެ ބައެއް އާންމު އުޅަނދުތަކަށް މަނާކޮށްފި

ބޮޑުތަކުރުފާނު މަގުގެ އަލަށް ހެދި ބައިގެ އެއްގަމު ތޮށީގެ ވަކި ސަރަހައްދަކަށް އާންމު އުޅަނދުތައް ކައިރި ކުރުން މަނާކޮށްފި އެވެ. ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓު މިނިސްޓްރީން މިއަދު ބުނީ އެ މަގުގެ ...

04 Aug 2026 | 13:54
ބޮޑުތަކުރުފާނު މަގުގައި އަލަށް ހެދި ސަރަހައްދުގެ އެއްގަމު ތޮށި -- ފޮޓޯ: ހައުސިން މިނިސްޓްރީ

ބޮޑުތަކުރުފާނު މަގުގައި އަލަށް ހެދި ސަރަހައްދުގެ އެއްގަމު ތޮށި -- ފޮޓޯ: ހައުސިން މިނިސްޓްރީ

ބޮޑުތަކުރުފާނު މަގުގެ އަލަށް ހެދި ބައިގެ އެއްގަމު ތޮށީގެ ވަކި ސަރަހައްދަކަށް އާންމު އުޅަނދުތައް ކައިރި ކުރުން މަނާކޮށްފި އެވެ.

ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓު މިނިސްޓްރީން މިއަދު ބުނީ އެ މަގުގެ ވަކި ސަރަހައްދެއް ހާއްސަކުރީ ސިފައިންގެ ބޭނުމަށް ކަމަށެވެ. އެއީ ޝަހީދު ހުސެއިން އާދަމް ބިލްޑިންގއާއި ދޮށިމޭނާ ބިލްޑިންއާ ދެމެދު އަލަށް ހެދި އެއްގަމު ތޮއްޓެވެ.

އެ މިނިސްޓްރީން ބުނީ މިއަދުން ފެށިގެން އެ ސަރަހައްދުގެ އެއްގަމު ތޮއްޓާއި ކައިރި ކުރެވޭނީ ހަމައެކަނި ސިފައިންގެ އުޅަނދު ފަހަރަށް ކަމަށެވެ. އަދި އެ އިދާރާ ނޫން އެހެން އެއްވެސް ފަރާތެއްގެ އުޅަނދެއް އެ ސަރަހައްދަށް ކައިރި ކުރުމަކީ މަނާކަމެއް ކަމަށް ބުނެފައިވެ އެވެ.

މި ބަދަލު ގެނެސްފައި ވަނީ ބޮޑުތަކުރުފާނުމަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުންނެވެ.

އާންމުކޮށް އެ ސަރަހައްދަށް ރިސޯޓުތަކާއި ބައެއް ރަށްރަށުގެ ލޯންޗު ފެރީތައް ކައިރި ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް