އިންފޮމޭޝަން ކޮމިޝަނަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފި އެވެ. ރައީސް އޮފީހުން ރޭ ބުނީ އެމަގާމަށް ކުރިމަތިލުމަށް ހުޅުވާލީ މިހާރު ހުންނެވި އިންފޮމޭޝަން ކޮމިޝަނަރުގެ ދައު...

04 Aug 2026 | 04:47
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް -- ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް -- ފޮޓޯ: ރައީސް އޮފީސް

އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން ރޭ ބުނީ އެމަގާމަށް ކުރިމަތިލުމަށް ހުޅުވާލީ މިހާރު ހުންނެވި އިންފޮމޭޝަން ކޮމިޝަނަރުގެ ދައުރު ހަމަވާތީ ކަމަށެވެ.

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން ހުށައަޅަންޖެހޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

ފޯމު ބަލައިގަންނާނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 08:30 އިން މެންދުރު 12:00 އާ ދެމެދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. މި ފުރުޞަތުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 16 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 އެވެ.

މިހާރުގެ އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދުއެވެ. އޭނާގެ ފަސް އަހަރުގެ ދައުރު ހަމަވާނީ އަންނަ މަހު އެވެ.

އާހިދުގެ ދައުރު ހަމަވާން ގާތްވެފައި ވާއިރު، އޭނާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މި ފަހުން ވަރަށް ބޮޑަށް ފާޑުވިދާޅުވި އެވެ.

މިނިވަން ދުވަހުގެ ތަގުރީރުގައި ރައީސް ވަނީ އާހިދުއަށް ތުހުމަތުތަކެއް ކުރައްވާފައެވެ. އެގޮތުން އާހިދު މަސައްކަތް ކުރައްވަނީ އިދިކޮޅު ފަރާތްތަކުން އަންގާ ގޮތަށް ކަމަށް ރައީސް ތުހުމަތުކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް