N/A
އުރީދޫ މޯލްޑިވްސް އިން ދެމުންދާ އިތުބާރުހިފޭ
ފައިބަރ އިންޓަނެޓު ކަމަށްވާ "ސުޕަރނެޓު" ނަގައިގެން ސްމާޓާ ހޯމް
ޑިވައިސްއެއް ލިބޭ ޕްރޮމޯޝަނެއް ތައާރަފްކޮށްފި އެވެ.
މި ލިމިޓެޑް ޓައިމް ޕްރޮމޯޝަންގެ ދަށުން
އަންލިމިޓެޑް ސުޕަރނެޓް ޕްލޭންތައް އެކްޓިވޭޓް ކުރާ ކަސްޓަމަރުންނަށް
އިންޓެލިޖެންޓް ހޯމް މޮނިޓަރިން ސޮލިއުޝަންސް އާއި އިތުބާރު ހިފޭ ހައި-ސްޕީޑް
އިންޓަރނެޓް އެކުލެވިގެންވާ ހިލެ އީޒެޑްވިޒް ސްމާޓް ސެކިއުރިޓީ ޑިވައިސްތައް
ލިބޭނެއެވެ.
ހުށަހެޅުންތަކުގެ ތަފްސީލުތަކުގެ ތެރޭގައި:
- ސުޕަރނެޓް 40 އެމް ނަގާ ކަސްޓަމަރުންނަށް ހިލޭ
އިންޑޯ އީޒެޑްވިޒް ކެމެރާއެއް ލިބޭނެއެވެ.
- ސުޕަރނެޓް 50 އެމް އާއި އެއަށްވުރެ މަތިން ނަގާ
ކަސްޓަމަރުންނަށް ހިލޭ އިންޑޯ އީޒެޑްވިޒް ކެމެރާ އާއި އީޒެޑްވިޒް ކްލައުޑް
ސްޓޯރޭޖް ލިބޭނެ އެވެ.
އުރީދޫއިން ބުނެފައިވާގޮތުގައި ސުޕަރނެޓް ފައިބަރ
ބްރޯޑްބޭންޑާއެކު އުފައްދާފައިވާ މި ސްމާޓް ހޯމް އޮފަރ ފަރުމާކޮށްފައި ވަނީ
މެދުނުކެނޑި ހައި ސްޕީޑް އިންޓަރނެޓްގެ އެހީގައި ސްމާޓް ޑިވައިސްތައް އެންމެ ފުރިހަމައަށް
ބެނުންކުރެވޭނެ ގޮތަށެވެ. ސްމާޓް ޓެކްނޮލޮޖީގެ އެހީގައި ކަސްޓަމަރުން ދުރުގައި
ތިބެގެން މޮނިޓަރ ކޮށް، ގުޅުވާލައި، ކޮންޓްރޯލް އަދި ބަލާލެވޭނެއެވެ.
މި ހަރަކާތަކީ އުރީދޫ މޯލްޑިވްސްއިން މުވާސަލާތީ
ވަސީލަތްތަކާއި ޑިޖިޓަލް ސޮލިއުޝަންތައް އެއްކޮށްލައި، އާންމު ދިރިއުޅުމަށް އިތުރު
ފުރިހަމަކަމެއް ގެނެސްދިނުމަށް އުރީދޫ މޯލްޑިވްސްއިން ކުރަމުން އަންނަ މަސައްކަތް
ރަމްޒުކޮށްދޭ ހަރަކާތެކެވެ.
ކަސްޓަމަރުންނަށް އަންލިމިޓެޑް ސުޕަރނެޓް
އެކްޓިވޭޓް ކޮށް، ސްމާޓް ހޯމް އޮފަރ ހޯދުމަށް ޒިޔާރަތްކުރާންވީ ލިންކު
* ޓާމްސް އެންޑް ކޮންޑިޝަންސް އެޕްލައި ކުރެވޭނެއެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް