މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ - އެމްއެމްއޭ
ފެށިގެން މިދާ 2026 ވަނަ އަހަރު ނިމޭއިރު
ދައުލަތުގެ ރިޒާވް 904 މިލިޔަން ޑޮލަރަށް އަރާނެކަމަށް މޯލްޑިވްސް މަނިޓަރީ
އޮތޯރިޓީ (އެމްއެމްއޭ) އިން ލަފާކޮށްފިއެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކުން އެނގޭގޮތުގައި ނިމުނު
2025 ވަނަ އަހަރު ރިޒާވްގައި 849 މިލިޔަން ޑޮލަރު ހުންނާނެ ކަމަށް ލަފާކުރިއެވެ. 2024
ވަނަ އަހަރު ނިމުނު އިރު ރިޒާވްގައި ހުރީ 674 މިލިޔަން ޑޮލަރެވެ. ނިމިދިޔަ 2025
ވަނަ އަހަރު ރިޒާވް ރަނގަޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން ބޭންކުތަކަށް ޑޮލަރު
މާރުކުރާވަރު އިތުރުވުމާއި ކަރެންސީ ސްވޮޕް ފެސިލިޓީގެ ސަބަބުންނެވެ. މީރާއިން
ޑޮލަރުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވިކަންވެސް ފާހަގަކުރެވުނެވެ.
ރާއްޖޭގެ އިގްތިސާދު ފަތުރުވެރިކަމަށް
ބަރޯސާވެފައިވާއިރު ބޭރުގެ އިގްތިސާދީ ނިންމުންތަކާއި ހަރަކާތްތަކުގެ އަސަރު
ރާއްޖެއަށް ކުރުމުގެ ފުރުސަތު އޮންނަކަން އެމްއެމްއޭއިން ފާހަގަކުރެއެވެ.
އެމްއެމްއޭ އިން ލަފާކުރާ ގޮތުން މިދިޔަ އަހަރު
ރާއްޖޭގެ އިގްތިސާދު 5.4 ޕަސެންޓާ ދެމެދުގައި ކުރިއަރާފައިވެ އެވެ. އިގްތިސާދު
ކުރިއެރީ ޓޫރިޒަމް ދާއިރާ އާއި ދަތުރުފަތުރާއި މުއާސަލާތީ ހިދުމަތްތައް
ކުރިއެރުމުގެ ސަބަބުންނެވެ.
މި އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް އެމްއެމްއޭ
އިން ލަފާކުރަނީ 4.8 ޕަސެންޓާއި 5.3 ޕަސެންޓާ ދެމެދުގަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް