އުރީދޫ ފަން ރަން: ޑިސެމްބަރު 19ގައި ހުޅުމާލޭގައި – މިމަހު 19 ގައި ރަޖިސްޓްރޭޝަނަށް ހުޅުވާލާނެ

އުރީދޫ މޯލްޑިވްސްގެ އެންމެ އުފާވެރި ދުވުން ކަމަށްވާ އުރީދޫ ފަން ރަން 19 ޑިސެމްބަރު 2025 ގައި ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަން އިޢުލާން ކޮށްފިއެވެ. ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުމުގެ...

03 Oct 2025 | 11:48
އުރީދޫ ފަން ރަން -

އުރީދޫ ފަން ރަން -

އުރީދޫ މޯލްޑިވްސްގެ އެންމެ އުފާވެރި ދުވުން ކަމަށްވާ

އުރީދޫ ފަން ރަން 19 ޑިސެމްބަރު 2025 ގައި ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ

ކަން އިޢުލާން ކޮށްފިއެވެ.

ރާއްޖޭގައި ބާއްވާ އެންމެ އުފާވެރި ދުވުމުގެ ގޮތުގައި

މަޝްހޫރުވެފައިވާ މި ދުވުމަކީ ހުރިހާ އުމުރުފުރައިގެ މީހުންނަށް ބައިވެރިވެވޭ އަދި

އެއްބައިވަންތަކަމާއި އުފަލާއި މަޖަލުގެ ތެރެއިން ދުޅަހެޔޮ ސިއްހަތަކަށް އެއްބާރުލުންދޭ

އިވެންޓެކެވެ.

ކޮންމެ އަހަރަކުވެސް އެތައް ހާސް ބަޔަކު ބައިވެރިވާ

އުރީދޫ ފަން ރަން އަކީ ދުޅަހެޔޮ ސިއްހަތެއްގެ އިތުރުން އުފާވެރިކަމާއި މުޖުތަމައުގެ

ރޫހު ދައްކުވައިދޭ ރޭހެއްގެ ގޮތުގައި ކުރިއަށް ގެންދާ ރަން އެކެވެ. މި އަހަރުގެ އެޑިޝަނަކީވެސް

ހުރިހާ އުމުރުފުރައެއްގެ މީހުން ވެސް މަޖާ އަދި އުފާވެރި މާހައުލެއްގައި އެއްބައިވަންތަ

ކޮށް، އަހަރު ނިންމާލަން އެންމެ ރަނގަޅު އެއް އިވެންޓެވެ.

އުރީދޫ ފަންރަން ހުޅުމާލެ ރެޖިސްޓްރޭޝަންއަށް ހުޅުވާލަން

ހަމަޖެހިފައިވަނީ 19 އޮކްޓޫބަރު 2025 ގައެވެ. މި ހަރަކާތުގައި ބައިވެރިވުމަށް ރާއްޖޭގެ

އެކި ކަންކޮޅުތަކުން ކުދިބޮޑު އެންމެނަށް އުރީދޫން ދައުވަތު ދެމެވެ. މި ހަރަކާތުގައި

ބައިވެރިންނަށް މަޖާ ކިޓްތަކާއި، ކުލަ، ފޯމް، މިއުޒިކް އަދި މުނިފޫހިފިލުވުމުގެ އެތައް

ތަޖުރިބާއެއް އިވެންޓް ސަރަހައްދުން ލިބިގެންދާނެއެވެ.

އުރީދޫ ފަން ރަން އަކީ ހަމައެކަނި ފިޓްނަސް ނޫން ކަމަށާއި

މިއީ މުޖުތަމައު ގުޅުވާލާ އުފާވެރި އަދި އެއްބައިވަންތަ ވަގުތުތައް އުފެއްދުމަށް ބާއްވާ

ހަރަކާތެކެވެ. ދުވުންތެރިންނާއި އާއިލާ އަދި ރަހުމަތްތެރިން އަނެއްކާވެސް އެއްތަނަކަށް

އެއްވެ، އެ އުފާވެރިކަން ލިބި، އެކުގައި އުފާ ފާޅު ކުރާނެ ކަމަށް އުންމީދު ކުރަމެވެ.

ކިޓްތަކާއި، ރޫޓްތަކާއި، އިވެންޓާއި ގުޅޭ އިތުރު މައުލޫމާތު ޑޭޓް ކައިރިވަމުން އަންނަ

ވަރަކަށް އުރީދޫގެ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާ ކުރެވިގެން ދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް