އާދޭހާއެކު ޤާސިމް އެދިލެއްވީ އެކަކުވެސް މުޒާހަރާއަށް ނުދާން – އެއީ ޤައުމު އިނދަޖައްސާލަން ކުރާ ކަމެއްކަމުގައި ވިދާޅުވި

މިރޭ އިދިކޮޅު ފަރާތްތަކުން ބާއްވާ މުޒާހަރާއަށް ހަމަ އެކަކުވެސް ނުދިއުމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިޔަފާރިވެރިޔާ ޤާސިމް އިބްރާހިމް އެދިލައްވައިފ...

03 Oct 2025 | 10:34
ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިޔަފާރިވެރިޔާ ޤާސިމް އިބްރާހިމް -

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިޔަފާރިވެރިޔާ ޤާސިމް އިބްރާހިމް -

މިރޭ އިދިކޮޅު ފަރާތްތަކުން ބާއްވާ މުޒާހަރާއަށް

ހަމަ އެކަކުވެސް ނުދިއުމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު،

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ވިޔަފާރިވެރިޔާ ޤާސިމް އިބްރާހިމް އެދިލައްވައިފިއެވެ.

ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް

އަދަބުވެރިކަމާ އާދޭހާއެކު ފޮނުއްވި މެސެޖެއްގައި ޤާސިމް ވިދާޅުވެފައިވަނީ މިއަދު

ބަޔަކު ރާވައިގެން ބާއްވާ މުޒާހަރާގައި ޖޭޕީގެ އެއްވެސް މީހަކު ބައިވެރި ނުވުމަށް

އެދޭކަމަށާއި އެއީ ބިނާކުރަނިވި މުޒާހަރާއެއް ނޫން ކަމަށެވެ. އެއީ ފަނާކުރަނިވި

މުޒާހަރާއެއް ކަމުގައި ވިދާޅުވެ އެއީ ވެރިކަން ހޯދަން ވެގެން ކުރާ ބޮޑޮ ނުބައި

ކަމެއް ކަމުގައި ތުހުމަތު ކުރެއްވިއެވެ. އަދި އެއްވެސް ކަމެއް މި އޮތް ބޮޑު

ދަރަނިވެރި ހާލަތުގައި ކޮށް ދެވޭނެތީ ކުރާކަމެއް ނޫން ކަމުގައިވެސް ވިދާޅުވިއެވެ.

އެއީ ޤައުމަށް މި ވެރިކަމުގައި ރަނގަޅު ކަމެއް ކުރިޔަ ނުދީ ވެރިކަން ހޯދަން ފިތުނަ ކުރަން ވެގެން ކުރާ ނުބައި ކަމެއް، މި ސަރުކާރަށް ކުރަންޖެހިފައިވާ ކަމަކީ އިސްވެ ދިޔަ ތިން ހަތަރު ސަރުކާރުން ނަގާފައިވާ ބޮޑު ދަރަނިތައް ދެއްކުން، ލިބޭ ހުރިހާ ފައިސާއެއްގެ ބޮޑުބައި މިދަނީ އެ ދަރަނިތައް ދެއްކުމަށް، މިކަން މި ދަރަނިތައް ނުދެއްކިއްޖެނަމަ މުޅި ޤައުމު ބޭންކްރަޕްޓް ވާނެ، ވީމާ މި ސަރުކާރުން އިތުރު ޓެކްސް ނަގައިގެންވެސް އެކަން ކުރަމުން އެ ގެންދަވަނީ، ބާކީ މުސާރަތައްވެސް އެ ދެއްވަނީ އެގޮތް މިގޮތް ހޯދައިގެން

ޤާސިމް ވިދާޅުވެފައިވެއެވެ.

އިސްވެދިޔަ ތިން ހަތަރު ސަރުކާރުންވެސް ސަރުކާރުގެ

ކުންފުނިތަކުން ބޮޑެތި ބޮޑެތި ޚިޔާނާތް ވެފައި އެބަހުރިކަން ފާހަގަކުރައްވަމުން  އެ ސަރުކާރުތަކުން އެޅީ ކޮން ފިޔަވަޅެއްތޯ؟ ޤާސިމް

ސުވާލު އުފައްދަވާފައިވެއެވެ.

އެއްކަމެއްވެސް ނުކުރޭ. އެއާ ޚިލާފަށް އެކަން ކުރާކަމަށް ތުހުމަތު ކުރާ މީހުން އެތަންތަނުން ވަކި ކުރަމުން ގެންދަވާތަން އެބަ ފެނޭ، އަދި އެބާވަތުގެ ޚިޔާނާތް ނުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަށްފަށުން އެންމެނަށް ފާޅުކަން ބޮޑުކޮށް ނަސޭހަތްތެރިވެ އިންޒާރުކުރައްވަމުން ގެންދަވާ އަދި އެކަންކަން ތަޙްޤީޤޫ ކުރައްވަމުން އެބަ ގެންދަވާ ނޫންތޯ ؟ ވީމާ މި މުޒާހަރާއިން ނިކުންނާނެ ނަތީޖާއަތީ ޤައުމު އިތުރު ވަޅުގަނޑަކަށް ވައްޓާލުން އަދި ރައްޔިތުން އިތުރަށް ދަރަނިވެރި ކުރުވާ އިނދަޖައްސާލުން ނޫންބާ؟

ޤާސިމް ސުވާލު އުފައްދަވާފައިވެއެވެ.

ދިވެހި ރައްޔިތުންނަށް ހެޔޮ ވިސްނުން ދެއްވުން

އެދެމުން ޤާސިމް އިތުރަށް ވިދާޅުވެފައިވނި އެއްވެސް މީހަކު މި މުޒާހަރާގައި

ބައިވެރި ނުވުމަށް ނަސޭޙަތްތެރިވާކަމަށާއި މި ޤައުމުގައި އަމަން އަމާންކަން ގެއްލޭ

ފަދަ އެއްވެސް ކަމެއް ނުކުރެއްވުމަށް އިލްތިމާސްކުރައްވާކަމަށެވެ. މިއީ މުޅި ޤައުމު

އިނދަޖައްސާލަން ކުރާ ކަމެއް ކަމުގައި ދެކޭކަމުގައި ވިދާޅުވެ އެއީ އެއްވެސް ދީނީ

އަދި ޤާނޫނީ ގޮތުންވެސް އޮތް ބާރެއް ނޫންކަން ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް