މިސްރަށް 5.6 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ

މިސްރުގެ ސިޓީއެއް ކަމަށްވާ ސުއެޒްއަށް 5.6 މެގްނިޓިއުޑްގެ ބިން ހެލުމެއް އަތުވެއްޖެ އެވެ. މިސްރު ގަޑިން މެންދަމު 3:00 ހާއިރު އައި މި ހެލުމުގައި އެ ސަރަހައްދަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ. އަދި މީހަ...

03 Aug 2026 | 06:01
މިސްރުގެ ގާހިރާގެ ސަރަހައްދެއް --

މިސްރުގެ ގާހިރާގެ ސަރަހައްދެއް --

މިސްރުގެ ސިޓީއެއް ކަމަށްވާ ސުއެޒްއަށް 5.6 މެގްނިޓިއުޑްގެ ބިން ހެލުމެއް އަތުވެއްޖެ އެވެ.

މިސްރު ގަޑިން މެންދަމު 3:00 ހާއިރު އައި މި ހެލުމުގައި އެ ސަރަހައްދަށް އެއްވެސް ގެއްލުމެއް ނުލިބެ އެވެ. އަދި މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓު ކޮށްފައި ނުވާ ކަމަށް މިސްރު ރެޑްކްރެސެންޓުން ބުނެފައިވެ އެވެ.

މިހާތަނަށް އެފަދަ ރިޕޯޓެއް ލިބިފައި ނެތަސް އެ ގައުމުގެ ސަރުކާރާއި ގުޅިގެން އުފައްދާފައިވާ އެމަޖެންސީ ރެސްޕޮންސް ޕްލޭނާއި އެއްގޮތަށް ބިން ހެލުން އައި ސަރަހައްދުގައި އެހީތެރިވުމުގެ ގޮތުން ހަރަކާތްތެރިވަމުންދާ ކަމަށް ބުނެފައިވެ އެވެ.

ބިން ހެލުން އައީ ސުއެޒްގެ އުތުރު-އިރުއުތުރުން ގާތްގަނޑަކަށް 41 މީޓަރު ދުރަށެވެ. މި ހެލުމުގެ އަސަރު ވެރިރަށް ގާހިރާއަށްވެސް ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މިސްރު ސަރުކާރުން ވަނީ ގޭގައި ރެނދުލުން ފަދަ ކަމެއް ހިނގާފައި ހުރިނަމަ ގެއިން ބޭރަށް ނުކުތުމާއި އެކަން ކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ކުރުމަށް އިލްތިމާސް ކޮށްފައި އެވެ. އަދި ދުވަސްވީ އިމާރާތްތަކުގެ ތެރޭގައި އަދި މަޑު ނުކުރުމަށް އެދިފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް