އަމީނީ މަގު މަރާމާތުކުރާތީ ބަސް ރޫޓުތަކަށް ބަދަލު ގެނެސްފި

އަމީނީ މަގުގެ ހުޅަނގު ފަރާތުގެ ތާރުގަނޑު އަލުން އެޅުމުގެ މަސައްކަތް ފަށް އެ މަގުގެ ބައެއް ބަންދު ކުރުމާއި ގުޅިގެން ބައެއް ބަސް ސްޓޮޕްތައް ވަގުތީ ގޮތުން ބަންދުކޮށް ރޫޓުތަކަށް ބަދަލު ގެނެސްފި އެވެ. ރޭ ދ...

03 Aug 2026 | 03:02
އެމްޓީސީސީ ބަހެއް މާލޭ މަގުމަތީ ދުއްވަނީ -- ދުވަސް ފޮޓޯ: އަޒްމީ އަލީ

އެމްޓީސީސީ ބަހެއް މާލޭ މަގުމަތީ ދުއްވަނީ -- ދުވަސް ފޮޓޯ: އަޒްމީ އަލީ

އަމީނީ މަގުގެ ހުޅަނގު ފަރާތުގެ ތާރުގަނޑު އަލުން އެޅުމުގެ މަސައްކަތް ފަށް އެ މަގުގެ ބައެއް ބަންދު ކުރުމާއި ގުޅިގެން ބައެއް ބަސް ސްޓޮޕްތައް ވަގުތީ ގޮތުން ބަންދުކޮށް ރޫޓުތަކަށް ބަދަލު ގެނެސްފި އެވެ.

ރޭ ދަންވަރު 12:00 އިން ފެށިގެން ބަންދު ކުރީ އަމީނީ މަގުގެ އިއްޒުއްދީން މަގާ ހިސާބުން ދަރުމަވަންތަ ހޮސްޕިޓަލު ކައިރީ ޕާކާ ހަމައަށެވެ.

އެމްޓީސީސީން ބުނީ މަގު ހަދައި ނިމެންދެން އޯކިޑު ރޫޓު (އާރް 10) ގެ ދަތުރުތައް ފެށޭނީ އަދި ނިމޭނީ ވެސް ވެސްޓް ޕާކް ބަސް ސްޓޮޕުންނެވެ. އެހެންކަމުން ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗް އަދި ސޯޝަލް ސެންޓަރު ކައިރީގައި ހުންނަ ސްޓޮޕްތަކަށް ބަސް ނުމަޑުކުރާނެއެވެ.

މީގެ އިތުރުން އަމީނީ ރޫޓުގެ ޚިދުމަތް މުޅިން މެދުކަނޑާލާފައިވާ އިރު އާރް އެކަކާއި ތިނަކާއި ހަތަކާއި ފަނަރައިގެ ރޫޓުތައް މާލޭގައި އެންމެ ފަހުން މަޑުކުރާ ތަނަކަށް ވާނީ މާފަންނު ބަސް ޓާމިނަލެވެ.

މި ބަދަލުތަކާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެމްޓީސީސީން މައާފަށް އެދިފައިވެއެވެ.

އަމީނީ މަގުގެ މަރާމާތު މަސައްކަތާ ގުޅިގެން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ވެސް މިރޭ ފުލުހުން ވަނީ ބަދަލު ގެނެސްފައެވެ.

އެ ސަރަހައްދު ބަންދު ކުރަނީ ކުރިން އެޅި ތާރުގަނޑު ނައްޓައި އުފުލުމުގެ ސަބަބުން އުޅަނދު ދުއްވާ ފަރާތްތަކަށް ނުރައްކާ ކުރިމަތިވެފައިވާތީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް