މުބާރާތުގެ ސުންގަޑިއަކީ 9 އޮކްޓޯބަރު 2025 ވާ ދުވަހުގެ މެންދުރު ފަހު 3:00 ކަމަށް ބުނެފައިވޭ
ތަމްވީލް ވެލިއުސް އެންޑް ވިޝަން އާޓް ޝޯކޭސް ނަމުގައި
ކުރުހުމުގެ މުބާރާތެއް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިޢުލާނުކޮށްފިއެވެ.
އެމްއެމްއޭއިން ބުނެފައިވާގޮތުގައި މި މުބާރާތް އަމާޒުކޮށްފައިވަނީ
ރާއްޖޭގޭ ހުރިހާ ސަރަޙައްދެއްގެ ގްރޭޑް 5 އިން 9 އަށް ކިޔަވާ ދަރިވަރުންނަށެވެ. އަދި
މުބާރާތުގައި، ކުރެހުމުގެ ޒަރީއާއިން މާލީ ދާއިރާ އޮންނާނެގޮތުގެ ތަސައްވަރު ދައްކާލުމުގެ
ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނޭކަމަށާއި އަދި ކުރެހުމުގެ ތެރެއިން، ދަރިވަރުންގެ
އައު ޚިޔާލުތަކާއި އައު އިޖާދީ ވިސްނުންތައް ދެނެގަނެ އެ ދަރިވަރުންގެ ހުނަރުތައް ޢާއްމުންނަށް
ހަމައަށް ފޯރުކޮށްދިނުމަކީވެސް މުބާރާތުގެ މަޤްސަދެއް ކަމުގައި ބުނެފައިވެއެވެ.
"މުބާރާތުގެ ބައިވެރިންނަށް އެކި
ބާވަތްތަކުގެ އަތު ކުރެހުމާއި ޑިޖިޓަލް ކުރެހުންތައް ނުވަތަ މިކްސް މީޑިއާގެ ބޭނުންކޮށްގެން
ވިލުންތެރި މާލީ މުޖުތަމައެއް އޮންނާނެ ގޮތުގެ ތަސައްވުރު ކުރެހުމުގެ ޒަރީއާއިން ހާމަކުރެވޭނެ"
އެމްއެމްއޭއިން ބުނެފައިވެއެވެ.
އެމްއެމްއޭއިން ބުނެފައިވާގޮތުގައިބައިވެރިން ވާނީ ކުރެހުމާއި،
ކުލައާއި ޑިޖިޓަލް މަސައްކަތްތަކާއި ނުވަތަ މިކްސްޑް މީޑިއާ މެދުވެރިކޮށް، މާލީ ދާއިރާއަކީ
ހަމައެކަނި ނަންބަރުތަކަކާއި މުޢާމަލާތްތަކެއްގެ ބަދަލުގައި، އިންސާފުވެރިކަމާއި، މުޖުތަމަޢުގެ
ރައްކާތެރިކަމާއި، އަދި ދިގު މުއްދަތަކަށް ދެމިހުންނާނެ ވަސީލަތެއްގެ ގޮތުގައި ދައްކައިދޭށެވެ.
ކޮންމެ މަސައްކަތަކާއެކުވެސް އެ މަސައްކަތުގެ ޚިޔާލާއި އިޚްތިޔާރުކުރެވުނު ތީމާއި ގުޅޭގޮތުގެ
ކުރު ތަފްޞީލެއް ހުށަހަޅަންވާނެކަމަށް ބުނެފައިވެއެވެ.
މި ޝޯކޭހުގައި އަށް ތީމު ހިމެނޭއިރު މި މުބާރާތް ބެހިގެންވަނީ
ދެ ގިންތިއަކަށެވެ. އެއީ ގްރޭޑް 5-7 އާއި ގްރޭޑް 8-9 އެވެ. އަދި ޑިޖިޓަލް އަދި ޑިޖިޓަލް
ނޫން މަސައްކަތްތަކަށް ވަކިން އިނާމު ދެވޭނެ ކަމަށް ބުނެފައިވެއެވެ.
އެގޮތުން މި މުބާރާތުގެ ވަނަތަކަށް 3،000 ރުފިޔާއާ ހަމައަށް
ފައިސާގެ އިނާމު ލިބޭނެ ކަމަށާއި އަދި އިސްލާމީ ފައިނޭންސް އިން ދާއިރާއަށް ޚާއްސަވާ
އެންމެ ރަނގަޅު މަސައްކަތަށް 500 ރުފިޔާގެ ޚާއްޞަ އިނާމެއް ދެވޭނެ ކަމަށާއި އަދި
ހަމަ އެހެންމެ ހޮވޭ މަސައްކަތްތައް އެމްއެމްއޭގެ އިވެންޓްތަކުގައި ދައްކައި، އަދި އެ
އިދާރާއިން ހޭލުންތެރިކަން އިތުރުކުރުމުގެ ކެމްޕެއިންތަކުގައި ބޭނުންކުރެވިދާނެކަމަށްވެސް
ބުނެފައިވެއެވެ.
ދަރިވަރުންނަށް އެމީހުންގެ މަސައްކަތް ޑިޖިޓަލްކޮށް
ނުވަތަ ފިޒިކަލްކޮށްވެސް ހުށަހެޅިދާނެކަން ފާހަގަކޮށްފައިވާއިރު މުބާރާތުގެ ސުންގަޑިއަކީ
9 އޮކްޓޯބަރު 2025 ވާ ދުވަހުގެ މެންދުރު ފަހު 3:00 އެވެ. އެމްއެމްއޭއިން ބުނެފައިވާ
ގޮތުގައި ހުށަހަޅާ މަސައްކަތްތަކަކީ އަމިއްލަ އުފެއްދުންތަކަށް ވާންޖެހޭނެއެވެ. އަދި
އާރޓިފިޝަލް އިންޓަލިޖެންސް - އޭއައި މެދުވެރިކޮށް އުފައްދާފައިވާ ނުވަތަ ކޮޕީކޮށްފައިވާ
އެއްޗެއް ކަމުގައި ނުވުން ލާޒިމެވެ.
މި މުބާރާތާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު އެމްއެމްއޭގެ
ވެބްސައިޓް އަދި ސޯޝަލް މީޑިއާގެ މަންސަތަކުން ލިބެން ހުންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް