ޕީއެންސީގެ ނައިބު ރައީސްގެ މަގާމު ވާދަވެރި ވެއްޖެ، އަސްމާއާ ސައުދާވެސް ވާދަ ކުރައްވާ

ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސް ކަމަށް ކުރިމަތިލައްވާނެކަން އިއުލާނު ކުރި ބޭފުޅުންނާއި އެކު މަގާމުގެ ވާދަވެރިކަން ބޮޑުވެއްޖެ އެވެ. މިހާތަނަށް އެ މަގާމަށް ވާދަ ކުރ...

02 Aug 2026 | 09:02
ސައުދާ އާއި އަސްމާ -- ފޮޓޯ: މަޖިލީސް

ސައުދާ އާއި އަސްމާ -- ފޮޓޯ: މަޖިލީސް

ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސް ކަމަށް ކުރިމަތިލައްވާނެކަން އިއުލާނު ކުރި ބޭފުޅުންނާއި އެކު މަގާމުގެ ވާދަވެރިކަން ބޮޑުވެއްޖެ އެވެ.

މިހާތަނަށް އެ މަގާމަށް ވާދަ ކުރައްވާކަން އިއުލާނު ކުރައްވާފައިވަނީ ޔޫތް މިނިސްޓަރު އަބްދުﷲ ރާފިއު އާއި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު އަދި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާއެވެ.

މީގެ ތެރެއިން މުންދު އަކީ މިހާރު ވެސް ޕީއެންސީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އަސްމާ އަކީ މުންދުގެ މަންމާފުޅެވެ. ސައުދާ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅެވެ.

މި ހަތަރު ބޭފުޅުންގެ އިތުރުން މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އާއި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވެސް ވަނީ އެ މަގާމަށް ކުރިމަތިލައްވާނެކަން އިއުލާނު ކުރައްވާފައި އެވެ.

މި ހުރިހާ ބޭފުޅުންނަކީވެސް ޕީއެންސީގައިއ ަދި މި ސަރުކާރުގައި ނުފޫޒުގަދަ ބޭފުޅުންނެވެ. އެހެން ކަމުން މި އިންތިހާބު ވެގެން ދާނީ ގިނަ ބަޔަކު ސަމާލުކަން ދޭނެ އިންތިހާބަކަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް