ޗުއްޓީއަށް ފަހު ސްކޫލްތަކުގައި ދެވަނަ ޓާމުގެ ކިޔުން ފަށައިފި

ފުރަތަމަ ޓާމުގެ ޗުއްޓީ ނިންމައިލުމަށް ފަހު ދެވަނަ ޓާމުގެ ކިޔެވުން މިއަދު ރާއްޖޭގެ ސްކޫލުތަކުގައި ރަސްމީކޮށް ފަށައިފިއެވެ. މިއަދު ކިޔެވުން ފެށުނުއިރު ޕްރީސްކޫލުން ގްރޭޑް 12 އާ ދެމެދު 84,000 އަށް ވުރެ ގ...

02 Aug 2026 | 05:46
ދެވަނަ ޓާމު ފެށުމުގެ ގޮތުން މަޖީދިއްޔާގައި ބޭއްވި އެސެމްބްލީ -- ފޮޓޯ: މަޖިީދިއްޔާ

ދެވަނަ ޓާމު ފެށުމުގެ ގޮތުން މަޖީދިއްޔާގައި ބޭއްވި އެސެމްބްލީ -- ފޮޓޯ: މަޖިީދިއްޔާ

ފުރަތަމަ ޓާމުގެ ޗުއްޓީ ނިންމައިލުމަށް ފަހު ދެވަނަ ޓާމުގެ ކިޔެވުން މިއަދު ރާއްޖޭގެ ސްކޫލުތަކުގައި ރަސްމީކޮށް ފަށައިފިއެވެ.

މިއަދު ކިޔެވުން ފެށުނުއިރު ޕްރީސްކޫލުން ގްރޭޑް 12 އާ ދެމެދު 84,000 އަށް ވުރެ ގިނަ ދަރިވަރުން މި އަހަރު ތަޢުލީމު ހާސިލުކުރަމުން ގެންދެއެވެ. ސްކޫލްތަކުގައި ކިޔަވައިދިނުމުގައި 9,000 އަށް ވުރެ ގިނަ ޓީޗަރުން މަސައްކަތް ކުރެ އެވެ.

ފުރަތަމަ ޓާމު ނިންމައި ޖުލައި މަހުގެ 16 ވަނަ ދުވަހު ދަރިވަރުން ޗުއްޓީއަށް ދިޔައިރު މިނިވަން ދުވަހުގެ ބަންދު ހިމެނޭ ގޮތަށް ޖުމްލަ 16 ދުވަހުގެ ބަންދެއް ދަރިވަރުންނަށް ލިބުނެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން މި ދިރާސީ އަހަރުގެ ކިޔެވުން ނިމި ދަރިވަރުން ބޮޑޫ ޗުއްޓީއަށް ދާނީ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. 2027 ގެ ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ތާވަލުކޮށްފައިވަނީ ޖެނުއަރީ 17 ވަނަ ދުވަހުއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާރު ވަނީ އަންނަ ދިރާސީ އަހަރަށް ސަރުކާރު ސްކޫލްތަކަށް އެލްކޭޖީ އާއި ގްރޭޑް އެކަކަށް ވަންނަން ބޭނުންވާ ކުދިންނަށް ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި އެވެ. ފޯމް ބަލައިގެންނާނީ ހަމައެކަނި އޮންލައިންކޮށް ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

އަމިއްލަ ސްކޫލްތަކުން ވެސް ދަނީ ދިރާސީ އަހަރަށް އެ ސްކޫލްތަކަށް ވަނުމުގެ ފުރުސަތު ހުޅުވާލަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް