ބައިނަލްއަގުވާމީ ކޮފީ ދުވަސް ފާހަގަކުރުމަށް އުރީދޫއިން ގެންދާ ކޮފީ ހަރަކާތް -
ބައިނަލްއަގުވާމީ ކޮފީ ދުވަސް ފާހަގަކުރުމަށް
އުރީދޫ މޯލްޑިވްސް އިން ވަރުގަދަ ކޮފީ އިވެންޓެއް ބާއްވަން ނިންމައިފިއެވެ.
މި އިވެންޓް ހުޅުމާލޭގައްޔާއި އައްޑޫ ސިޓީގައި
ކުރިއަށްދާނެއެވެ.
މެންދުރުން އަނބުރާ 03:00 އިން ހަވީރު 06:00 އަށް
ކުރިއަށްގެންދާ މި ކޮފީ އިވެންޓްގައި އުރީދޫ އެޗްކިއު ހުޅުމާލެ ދޮށުން ކޮފީ
ސްޓޭޓްގެ ކޮފީ ބޭނުންވަރަކަށް ލިބެން ހުންނާނެއެވެ.
އަދި އައްޑޫ ސިޓީގައިނަމަ ހަމަ އެ ވަގުތުގައި އައްޑޫ
ސިޓީގެ އުރީދޫ އެކްސްޕީރިއަންސް ސެންޓަރުގައި ނޮޑީސް ކޮފީ ހިތަކަށް ލިބުމުގެ ފުރުޞަތު
އެބަ އޮތެވެ.
އެކުގައި ކޮފީއަށް ދާނެ އެކުވެރިއަކަށް މި ލިޔުން
ހިއްސާކޮށްލައި ބައިނަލްއަގުވާމީ ކޮފީ ދުވަހު ކޮފީއެއް ބޯލުމުގައި ބައިވެރިވެލުމަށް
އުރީދޫ މޯލްޑިވްސް އިން ދަޢުވަތު އަރުވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް