މާލެ ޓެކްސީގެ ޚިދުމަތަށް އިތުރުކުރާ ޗަންގަން ލޫމިން ކާރުތަކުގެ ދެވަނަ ބެޗް ރާއްޖެ އަތުވެއްޖެ

މާލޭގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ތަރައްގީކޮށް ޒަމާނީ ކުރުމަށްޓަކައި އެމް.ޓީ.ސީ.ސީ އިން ކުރިއަށްގެންދާ 'މާލެ ޓެކްސީ' މަޝްރޫއަށް ބޭނުންވާ ކާރުތަކުގެ ދެވަނަ ޝިޕްމަންޓް އިއްޔެ ވަނީ މާލެ ގެނެސްފައެވެ....

01 Apr 2026 | 07:49
މާލެ ޓެކްސީ /ފޮޓޯ: އެމް.ޓީ.ސީ.ސީ

މާލެ ޓެކްސީ /ފޮޓޯ: އެމް.ޓީ.ސީ.ސީ

މާލޭގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ތަރައްގީކޮށް

ޒަމާނީ ކުރުމަށްޓަކައި އެމް.ޓީ.ސީ.ސީ އިން ކުރިއަށްގެންދާ 'މާލެ ޓެކްސީ'

މަޝްރޫއަށް ބޭނުންވާ ކާރުތަކުގެ ދެވަނަ ޝިޕްމަންޓް އިއްޔެ ވަނީ މާލެ ގެނެސްފައެވެ.

މިފަހަރު އަލަށް ގެނައި އުޅަނދުތަކަކީ ތިން މީހުންނަށް

ދަތުރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ 'ޗަންގަން ލޫމިން' މޮޑެލްގެ ކުދި

ކާރުތަކެކެވެ.

މި އުޅަނދުތަކަކީ މާލޭގެ ހަނި މަގުތަކުގައި ދުއްވުމަށް

ހާއްސަކޮށް ފަރުމާކޮށްފައިވާ، ދަތުރުފަތުރުގެ ލުއިފަސޭހަކަން ބޮޑުކޮށްދޭނެ

ކާރުތަކެކެވެ. މާލޭގެ މަގުތަކުގެ ބާރުބޮޑުކަމަށް ބަލާއިރު، 'ޗަންގަން ލޫމިން' އަކީ

އޭގެ ސައިޒުގެ ގޮތުން މާލޭގައި ދުއްވަން ވަރަށް އެކަށީގެންވާ އުޅަނދެކެވެ.

މާލެ ޓެކްސީ ލައިންގެ މައިގަނޑު މަގުސަދަކީ ތިމާވެއްޓާ

ރައްޓެހި އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރައްޔިތުންނަށް އިތުބާރު ހުރި

ހިދުމަތެއް ދިނުމެވެ. މި އާ ކާރުތަކާއެކު، މާލޭގެ އެއް ސަރަހައްދުން އަނެއް

ސަރަހައްދަށް ދަތުރުފަތުރު ކުރުމުގައި އާންމުންނަށް ބޮޑެތި ލުއިތަކެއް ލިބޭނެއެވެ.

މި އުޅަނދުތަކަކީ ޒަމާނީ ވަސީލަތްތައް ހިމެނޭ، ދުއްވާ

މީހާއާއި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ ފެންވަރު

ރަނގަޅު އުޅަނދުތަކެކެވެ. މީގެ ސަބަބުން މާލޭގެ ޓެކްސީ ހިދުމަތުގެ ފެންވަރު

ރަނގަޅުވެ، ޒަމާނީ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުވުމަށް އެހީތެރިވެދޭނެއެވެ.

މިއީ މާލޭގެ ދަތުރުފަތުރުގެ މައްސަލަތަކަށް ދާއިމީ

ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މުހިންމު މަސައްކަތެއްގެ ގޮތުގައި ވަނީ

ފާހަގަކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް