ހިންމަފުށީ ކައިރިން ބާޖެއް އޮޔާދާތީ ސަމާލުވާން އެދިއްޖެ

ކ. ހިންމަފުށީގެ ހުޅަނގު ފަރާތުން ދަގަނޑު ބާޖެއް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ. އެމްއެންޑީއެފުން ބުނޫ އެ ބާޖު އޮޔާދަނީ ހިންމަފުއްޓާއި 3.50 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. އެ ބާޖުގައި އެއްވ...

31 Jul 2026 | 17:41
މީގެ ކުރިން ބަންޑުން ޖަހާލި ބާޖެއް -- ފޮޓޯ: އެމްއެންޑީއެފް

މީގެ ކުރިން ބަންޑުން ޖަހާލި ބާޖެއް -- ފޮޓޯ: އެމްއެންޑީއެފް

ކ. ހިންމަފުށީގެ ހުޅަނގު ފަރާތުން ދަގަނޑު ބާޖެއް އޮޔާދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.

އެމްއެންޑީއެފުން ބުނޫ އެ ބާޖު އޮޔާދަނީ ހިންމަފުއްޓާއި 3.50 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ. އެ ބާޖުގައި އެއްވެސް އަލިކަމެއް ނެތި އޮޔާ ދާތީ އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތައް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެ އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި އެ ބާޖު ދަތުރުކުރަމުން ދަނީ ހިންމަފުއްޓާއި ގިރިފުއްޓާ ދެމެދުން އިރަށެވެ. ބާޖުގައި އެއްވެސް ބައްތިއެއް ނެތުމުން ޚާއްޞަކޮށް ރޭގަނޑު އެ ހިސާބުން ދަތުރުކުރާ އުޅަނދުފަހަރަށް ނުރައްކާ ބޮޑު ކަމަށް ބުނެފައިވެ އެވެ.

މިއަދު ހެނދުނުން ފެށިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ދަނީ ގަދަ ވިއްސާރައެއް ކުރަމުންނެވެ. އެ ވިއްސާރައިގައި ކ. މާފުށީ ބޭރުގައި އޮތް ޕްރިންސެސް ލާލަ ސަފާރީގެ ނަގިލި ކަހައިލައިގެން ގޮސް ފަރުމައްޗަށް ލައްވެ ފުނޑުފުނޑުވެފައިވެއެވެ. ހަމައެއާއެކު ކ. ގާފަރު ކައިރީގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހައިލައި ދެ ބިދޭސީއަކު ވަނީ ގެއްލިފައެވެ. އެ ކޮޅުވެއްޓީގައި ތިބި އަށް މީހަކު ވަނީ ސަލާމަތްކޮށްފައެވެ.

ވިއްސާރައިގެ ސަބަބުން ކަނޑުދަތުރުފަތުރުގެ ތެރޭގައި ބޮޑެތި ހާދިސާތައް ހިނގަމުންދާތީ ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ސިފައިން ވަނީ އިލްތިމާސްކޮށްފައެވެ.

މެޓުން ބުނީ މިރޭވެސް ކަނޑުތައް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި 50 މޭލު ބާރު މިނުގައި ވައި ޖެހޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް