ގާފަރު ކައިރިއަށް ކޮޅުވެއްޓިއެއް އަޑިއަށްގޮސް ދެ މީހަކު ގެއްލިއްޖެ

ކ. ތިލަފުށިން ފުރައިގެން ދަތުރުކުރި ކޮޅުވެއްޓިއެއް ދިޔަވެ ކ. ގާފަރު ކައިރިއަށް އަޑިއަށް ގޮސް އޭގެން ދަތުރު ކުރި ބަޔަކު ގެއްލިއްޖެ އެވެ. ފުލުހުން ބުނީ ހާދިސާގެ ރިޕޯޓު ކުރީ ހެނދުނު 8:48 ހާއިރު ކަމަށެވެ....

31 Jul 2026 | 09:02
މީގެ ކުރިން ބަންޑުން ޖަހާލި ކޮޅުވެއްޓިއެއް -- ފޮޓޯ: އެމްއެންޑީއެފް

މީގެ ކުރިން ބަންޑުން ޖަހާލި ކޮޅުވެއްޓިއެއް -- ފޮޓޯ: އެމްއެންޑީއެފް

ކ. ތިލަފުށިން ފުރައިގެން ދަތުރުކުރި ކޮޅުވެއްޓިއެއް ދިޔަވެ ކ. ގާފަރު ކައިރިއަށް އަޑިއަށް ގޮސް އޭގެން ދަތުރު ކުރި ބަޔަކު ގެއްލިއްޖެ އެވެ.

ފުލުހުން ބުނީ ހާދިސާގެ ރިޕޯޓު ކުރީ ހެނދުނު 8:48 ހާއިރު ކަމަށެވެ. އެ ކޮޅުންވެއްޓިން 10 މީހުން ދަތުރު ކުރި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އުޅަނދުގައި ދަތުރުކުރި 10 މީހުންގެ ތެރެއިން އަށް މީހަކު މިހާތަނަށް ފެނިފައިވީ ނަމަވެސް ބާކީ ތިބި ދެ މީހުން ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ފުލުހުން ބުނެއެވެ.

ކޮޅުވެއްޓީގައި ތިބީ 8 ބިދޭސީއަކާއި ދެ ދިވެއްސެކެވެ. ގެއްލިގެން ހޯދަމުން އަންނަނީ ދެ ބިދޭސީއަކު ކަމަށް ފުލުހުން ބުނެފައިވެ އެވެ.

މިއަދު ހެނދުނު ހިނގި ކަނޑުމަތީގެ އެހެން ހާދިސާއެއްގައި ކ. މާފުށީ ބޭރުގައި އޮންނަ ސަފާރީއެއްގެ ނަގިލި ކަހާލައިގެން ގޮސް އެ ރަށުގެ ފަރުމައްޗަށް ލައްވެ އެ އުޅަނދު އެއްކޮށް ވަނީ ފުނޑުފުނޑުވެފަ އެވެ.

މި ހާދިސާ ހިނގާފައި މިވަނީ މިއަދު މޫސުން ވަރަށް ގޯސްވާނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފައި އޮއްވަ އެވެ. އަދި ކަމާ ބެހޭ އިދާރާތަކުން ވަނީ ރީނދޫ ސަމާލު ނެރެފައި ވަނިކޮށް ކަނޑުދަތުރު ނުކުރުމަށް އިލްތިމާސްކޮށްފައި އެވެ.

މެޓުން ބުނީ މިއަދު ވިލާގަނޑުގައި 50 މޭލުގެ ބާރު މިނުގައި ވައި ޖެހެމުންދާ ކަމަށެވެ. ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ރާޅު އެރުމުގެ ފުރުސަތު އޮތުމާ އެކު ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް