ދިވެހި ފިލްމު "ނީނާ" ރިލީޒް ކުރުން އޮގަސްޓުގައި

ދިވެހިފިލްމު"ނީނާ" އަންނަ އޮގަސްޓު މަހު ރިލީޒް ކުރަން ހަމަޖައްސައިފި އެވެ. ރޭ ބޭއްވި ރަސްމިއްޔާތެއްައި ވަނީ މި ފިލްމު ލޯންޗުކޮށްފައި އެވެ. މިރަސްމިއްޔާތުގައި އެ ފިލްމުގެ ޕޯސްޓަރު، ޓީޒާ ޓްރެއިލާ، ކެރެކ...

31 May 2023 | 08:50

ދިވެހިފިލްމު"ނީނާ" އަންނަ އޮގަސްޓު މަހު ރިލީޒް ކުރަން ހަމަޖައްސައިފި އެވެ.

ރޭ ބޭއްވި ރަސްމިއްޔާތެއްައި ވަނީ މި ފިލްމު ލޯންޗުކޮށްފައި އެވެ. މިރަސްމިއްޔާތުގައި އެ ފިލްމުގެ ޕޯސްޓަރު، ޓީޒާ ޓްރެއިލާ، ކެރެކްޓަރ ޕޯސްޓަރު، ޕްރޮމޯޝަނަލް ލަވަ އަދި މެއިން ޓްރެއިލާ ދައްކާލާފައިވެ އެވެ.

ފިލްމު "ނީނާ" އަކީ ކާމިޔާބު ފިލްމު "ބަވަތި" އުފެއްދި އައި ފިލްމްގެ ދެވަނަ ފިލްމެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ އިލްޔާސް އަލީ އެވެ.

"ނީނާ" އިން ފެނިގެންދާނެ މުހިންމު ތަރިންގެ ތެރޭގައި "ބަވަތި" ގެ ލީދް ރޯލުން ފެނިގެންދިޔަ ނުޒުހަތު ޝުޢައިބް (ނުޒޫ) އާއި ކުރިއަރަމުން އަންނަ ފިރިހެން ތަރި ޝަރަފް ޢަބްދުﷲ، ޖުމައްޔިލް ނިމާލްގެ އިތުރުން  މަރިޔަމް ރަޝީދާއާއި މަރިޔަމް ޝަކީލާ ހިމެނެއެވެ. އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނީ މުޅިން އާ ތަރިންތަކެއްވެސް މި ފިލްމުން ދައިރާއަށް ތައާރަފުވާނެ ކަމަށެވެ.

މި ފިލްމުގެ ބޮޑުބައި ޝޫޓް ކޮށްފައިވަނީ ލ. ގަން، މާންދޫ އަދި ކަައްދޫގައެވެ.

މި ފިލްމުގެ30 ޝޯ ސިނަމާގައި ދެއްކުމަށް ޓީމުން ދަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް