މިރޭވެސް މޫސުން ގޯސް، ހއ. އިން ތ. އަތޮޅަށް ހުދު ސަމާލުގައި

މިރޭވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ. މެޓުން ބުނީ މިރޭ އެންމެ މޫސުން ގޯސްވާނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ސަރަހައްދަށެވެ. އެ ސަރަހައްދަށް ވަނީ...

30 Jul 2026 | 12:00
މޫސުމަށް ސަމާޅުވުމަށް މެޓުން އިލްތިމާސް ކުރޭ -- ދުވަސް ފޮޓޯ: އަޒްމީ އަލީ

މޫސުމަށް ސަމާޅުވުމަށް މެޓުން އިލްތިމާސް ކުރޭ -- ދުވަސް ފޮޓޯ: އަޒްމީ އަލީ

މިރޭވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފި އެވެ.

މެޓުން ބުނީ މިރޭ އެންމެ މޫސުން ގޯސްވާނީ ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ދެމެދުގެ ސަރަހައްދަށެވެ. އެ ސަރަހައްދަށް ވަނީ ހުދު ސަމާލު ނެރެފައި އެވެ.

ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 4:00 ން ރޭގަނޑު 10:00 އަށެވެ.

މެޓުން ބުނީ އެ ވަގުތުތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.

އާންމު ގޮތެއްގައި ވައި ޖެހޭނީ 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި އެވެ. ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކޮށްފައިވެ އެވެ.

މެޓުން ވަނީ މޫސުމަށް ސަމާލުކަން ދިނުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފަ އެވެ.

އެ އިދާރާއިން ބުނީ މިހާރު ކުރަމުންދާ ވިއްސާރަ އަލިވާން ފަށާނީ އަންނަ އާދިއްތަ ދުވަހު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް