ޓަމިލް ނާޑޫ ސަރުކާރު ސްކޫލްތަކުގައި ދަރިވަރުންނަށް ޗިކަން ބިރިއާނީ ދޭން އެދެފި!

ތަމިލް ނާޑޫ ސަރުކާރުގެ ސްކޫލްތަކުގައި ދަރިވަރުންނަށް ދޭ މެންދުރު ކެއުމުގެ ޕްރޮގްރާމުގައި ޗިކަން ބިރިޔާނީ  ހިމެނުމާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތް ފަށައިފި އެވެ. ސަރުކާރު ސްކޫލްތަކުގައި މެންދުރުގެ...

30 Jul 2026 | 09:50
އިންޑިއާގެ ސްކޫލެއްގައި ދަރިވަރުންނަށް މެންދުރުގެ ކެއުން ދެނީ --

އިންޑިއާގެ ސްކޫލެއްގައި ދަރިވަރުންނަށް މެންދުރުގެ ކެއުން ދެނީ --

ތަމިލް ނާޑޫ ސަރުކާރުގެ ސްކޫލްތަކުގައި ދަރިވަރުންނަށް ދޭ މެންދުރު ކެއުމުގެ ޕްރޮގްރާމުގައި ޗިކަން ބިރިޔާނީ  ހިމެނުމާއި މެދު ގޮތެއް ނިންމުމުގެ މަސައްކަތް ފަށައިފި އެވެ.

ސަރުކާރު ސްކޫލްތަކުގައި މެންދުރުގެ ކެއުން ދިނުމަކީ އެދެވޭގޮތެއްގައި ކުރިޔަށް ނުދިޔަޔަސް އިންޑިއާގެ ހުރިހާ ސަރުކާރު ސްކޫލެއްގައި ކޮންމެވެސް ސިފައެއްގައި ކުރާ ކަމެކެވެ. ޓަމިލް ނާޑޫގެ އާ ޗީފް މިނިސްޓަރު ސީ ޖޯސެފް ވިޖޭ މަގާމާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު ވަނީ އެފަދަ ހުރިހާ ސިޔާސަތެއް ހަރުދަނާ ކުރައްވާނެ ކަމަށް ވައުދުވެފައި އެވެ.

އެގޮތުގެ މަތިން އެ ސްޓޭޓުގެ ތަޢުލީމީ ވަޒީރު އޭ. ރާޖްމޯހަނަށް ދަރިވަރުންގެ ކެއުމުގައި ބިރިޔާނީ ހިމެނުމަށް ހުށަހެޅީ 150 އަށް ވުރެ ގިނަ ޓީޗަރުންގެ ޖަމިއްޔާތަކާއި ޓީޗަރުން ނޫން މުވައްޒަފުންގެ ޖަމާޢަތްތަކާއި ބައްދަލު ކުރުމުންނެވެ. އެ ޖަމިއްޔާތަކުން އެދުނީ އެންމެ މަދުވެގެން ހަފްތާއަކު އެއް ފަހަރު ކެއުމުގައި ޗިކަން ބިރިއާނީ ހިމަނައި ދިނުމަށެވެ.

މީގެ އިތުރުން ދިމާވެފައިވާ ޓީޗަރުންގެ ދަތިކަމަށް ހައްލު ހޯދުމަށް ޕާޓް ޓައިމް ޓީޗަރުން ދާއިމީކުރުމަށް އެދުނެވެ. ރިޕޯޓުތައް ބުނާގޮތުގައި ސަރުކާރު ސްކޫލްތަކުގައި ހިންގާ ސަމަގްރާ ޝިކްޝާ ޕްރޮގްރާމުގެ ދަށުން ބައެއް މާއްދާތައް ކިޔަވައިދޭން ޓަމިލް ނާޑޫގެ ސްކޫލްތަކުގައި 16 އަހަރު ވަންދެން 11 ހާހަށްވުރެ ގިނަ ވަގުތީ ޕާޓްޓައިމް ޓީޗަރުންގެ ގޮތުގައި މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވަޒީރު ރާޖްމޯހަން ވަނީ ހުށަހެޅި ޕެޓިޝަންތައް ޚާއްޞަ ސޮފްޓްވެއާއެއް މެދުވެރިކޮށް ޑިޖިޓަލައިޒް ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ހުށަހެޅުންތައް ބައިބަޔަށް ބަހާލައި ފިޔަވަޅު އެޅި މިންވަރު ކަމާ ގުޅުން ހުރި ޖަމިއްޔާތަކަށް ފެންނާނެ ގޮތް ހަމަޖައްސާނެ ކަމަށެވެ.

ރިޕޯޓުތައް ބުނާގޮތުގައި ވިޖޭގެ ހަރުދަނާ ސިޔާސަތުގެ ދަށުން ޓީޗަރުންގެ ޖަމިއްޔާތަކުގެ މި ހުށަހެޅުން ތަންފީޒުވާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް