އައްޒަ މިއަދު މެންދުރު ކެއީ ރައީސް ސޯލިހާއެކު

މިއަދު މެންދުރުގެ ކެއުމަށް އިންސާފު ކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެލުގައި ކަމަށް މަޝްހޫރު ފިލްމީތަރި މަރިޔަމް އައްޒަ ބުނެފިއެވެ. ރައީސްއާއެކު ނަގާފައިވާ ސެލްފީތައް އިންސްޓަގްރާމް ސްޓޯރީގ...

28 Sep 2023 | 11:16

މިއަދު މެންދުރުގެ ކެއުމަށް އިންސާފު ކުރީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެލުގައި ކަމަށް މަޝްހޫރު ފިލްމީތަރި މަރިޔަމް އައްޒަ ބުނެފިއެވެ.

ރައީސްއާއެކު ނަގާފައިވާ ސެލްފީތައް އިންސްޓަގްރާމް ސްޓޯރީގައި ހިއްސާކުރަމުން އައްޒަ ވަނީ ރައީސް ޓެގް ކުރައްވާފައެވެ. އަދި ކެޕްޝަންގައި 'ލަންޗް ވިތް ހިމް' ޖަހާފައި ވެއެވެ.

އައްޒަ އާއެކު މި ކެއުމުގައި ފިލްމީ ބައެއް އެހެން ފަންނާނުންވެސް ބައިވެރިވެފައި ވެއެވެ. އޭގެ ތެރޭގައި އައްޒަގެ ފިރިމީހާ އަދި އެމްޑީޕީ އެކްޓިވިސްޓް އަބްދުﷲ މުއާޒް އާއި ޝީލާ ނަޖީބް ހިމެނެއެވެ.

ރައީސް ވަނީ މާލޭގައި ބޭއްވި ބޮޑު އެއްވުމުގައިވެސް ފިލްމީ ތަރިންނާ ބައްދަލު ކުރައްވައި، އެކުގައި ފޮޓޯ ނަންގަވާފައެވެ.

އައްޒަ ފާހަގަ ކުރެވެނީ ރައީސް ސޯލިހުގެ ސަޕޯޓަރެއްގެ ގޮތުގައެވެ. އެގޮތުން، ހއ. ދިއްދޫގައި މިއަދު ބާއްވާ އެމްޑީޕީ ކުޑަކުދިންގެ ހަވީރުގައި އައްޒަ ވަނީ ބައިވެރި ވެފައެވެ.

އެ ހަރަކާތުގައި އައްޒަގެ އިތުރުން ސޭނޑީއާއި އާޝާވެސް ބައިވެރިވިއެވެ.

މި ތަރިންނަކީ، ވަރަށް ފަހުން އެމްޑީޕީގެ ފަރާތުން މާލޭގައި ބޭއްވި ‘އުފާވެރި އަމާން މާލެ’ ބޮޑު ޖަލްސާގައިވެސް ބައިވެވި ތަރިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް