ދިވެހި ފިލްމު "ނޮވެމްބަރ" އޮލިމްޕަސް ސްކްރީނަށް އަންނާނީ ޑިސެމްބަރު މަހު ކަމަށް ޑާކް ރެއިން އެންޓަޓެއިންމެންޓުން ބުނެފިއެވެ.
ފިލްމު "ނޮވެމްބަރ" އޮލިމްޕަހުގައި ދައްކަން ފަށަން ހަމަޖެހިފައި ވަނީ ޑިސެމްބަރު ހަތަރުވަނަ ދުވަހުއެވެ.
ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ، މީގެ ދުވަސްކޮޅެއް ކުރިން ދިވެހި ފިލްމު އިންޑަސްޓްރީގައި ތިބި އެންމެ 'ކެމިސްޓްރީ' ގުޅޭ ޖޯޑު ކަމުގައިވާ ޖުމައްޔޮލް ނިމާލް އާއި މަރިޔަމް މަޖުދާއެވެ. ފިލްމުގެ ބައެއް މަންޒަރުތައް ސިންގަޕޫރުގައިވެސް ކުޅެފައިވެއެވެ.
އޭގެ އިތުރުން މި ފިލްމު ޝޫޓް ކޮށްފައި ވަނީ ލ. މާންދޫ، ލ. ގަންފޮނަދޫ، ކ. ތުލުސްދޫ އަދި މާލޭގައެވެ.
"ނޮވެމްބަރ" ގެ ސްކްރީންޕްލޭ ތައްޔާރު ކޮށްފައި ވަނީ އާއިޝަތު ފުއާދުއާއި އަހުމަދު ތަލާލްއެވެ. ފިލްމު ޕްރޮޑިއުސް ކޮށްފައި ވަނީ މުހައްމަދު އަލީ (ގޮމާ) އެވެ. އަދި ޑައިރެކްޓް ކޮށްފައި ވަނީ އަލީ ޝިފާއުއެވެ.
ފިލްމު އެޅުވުން ފަސް ކޮށްފައި ވަނީ ކޮވިޑް-19 އާ ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް