ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ޚަވާޖާ މުހައްމަދު އާސިފް - ފޮޓޯ: ރޮއިޓާސް
ޕާކިސްތާނާއި އަފްޣާނިސްތާނާއި ދެމެދު ހަމަ ދެންމެ ދެންމެ
ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ހީވެއްޖެއެވެ.
މި ބިރު ހީވެފައިމިވަނީ ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރުގެ
އިންޒާރާއިއެކުގައެވެ.
ރާއްޖޭ ގަޑިން ބަލަނީނަމަ ރޭ އިރު އޮއްސުނުހާއިރު
ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރު ޚަވާޖާ މުހައްމަދު އާސިފް ޕާކިސްތާނުގެ ޓީވީއަކަށް
ދެއްވި އިންޓަވިއުއެއްގައި މިހެން ވިދާޅުވެފައިމިވަނީ ސުލްހައިގެ މަޝްވަރާތަކެއް ތުރުކީގައި
ކުރިއަށްދާ ދަނޑިވަޅެއްގައެވެ.
އޮކްޓޯބަރު 15 އިން ފެށިގެން ދެ ފަރާތުންކުރެ
ފަރާތަކުން ހަމަލައެއް ނުދޭނެކަމަށް ބުނެފައިވާއިރު ދެ ފަރާތް މަސަލަސް ކުރުމުގައި
މެދުވެރިއެއްގެ ރޯލު ކުޅެނީ ތުރުކީންނެވެ.
ތުރުކީގައި މަޝްވަރާތައް ފެށިގެން ކުރިއަށްދާއިރު
މަސްރަޙު ގޯސްވީ ބޯޑަރު ސަރަހައްދުންނާއި ބޯޑަރު ކައިރިން ޕާކިސްތާނަށް އަމާޒުކޮށް
އަފްޣާނު ފަޅިން ހަމަލަތައް އަމާޒުވާކަމަށް ޕާކިސްތާނުން ތުހުމަތުތައް ކުރަން
ފެށުމާއި ހަމައިންނެވެ. އެކަން އަފްޣާނިސްތާނުން ދޮގުކުރި ނަމަވެސް ހަމަލަތައް
މެދުކަނޑާލަން ދެ ފަރާތުން އެއްބަސްވި ދުވަހުން ފެށިގެން ދެ ފަރާތުންވެސް އެފަދަ
ހަމަލަތައް މަޑުޖެހިފައިވެއެވެ.
އެހެންނަމަވެސް މި ދަނޑިވަޅުގައި ޕާކިސްތާނުގެ
ޑިފެންސް މިނިސްޓަރު މިފަދަ އިންޒާރެއް ދީފައިމިވަނީ ތުރުކީގައި ކުރިއަށްދާ
މަޝްވަރާތަކުން އަލިމަގެއް އަދި ފެނިފައިނުވާ ހާލަތެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް