ކުމުންދޫ ކަރާ ދަނޑުތަކަށް ގެއްލުންދީ ކަރާތައް ފަޅައިފި

ހދ. ކުމުންދޫ ކަރާ ދަނޑުތަކަކަށް ރޭގައި ގެއްލުން ދީފިއެވެ. ދުވަހަށް މަޢުލޫމާތުދެއްވަމުން އެ ކައުންސިލުގެ މެންބަރު އަލީ ގާސިމް ވިދާޅުވީ ދެ ކަރާ ދަނޑަކަށް ގެއްލުންދީ ކަރާތައް ފަޅާލާފައިވާކަމަށެވެ. "ދެ ދަ...

20 Oct 2025 | 04:31
ފަޅާފައިވާ ކަރާ ފެންނަ ފޮޓޯއެއް - ފޮޓޯ: ކުމުންދޫ ކައުންސިލް

ފަޅާފައިވާ ކަރާ ފެންނަ ފޮޓޯއެއް - ފޮޓޯ: ކުމުންދޫ ކައުންސިލް

ހދ. ކުމުންދޫ ކަރާ ދަނޑުތަކަކަށް ރޭގައި ގެއްލުން

ދީފިއެވެ.

ދުވަހަށް މަޢުލޫމާތުދެއްވަމުން އެ ކައުންސިލުގެ މެންބަރު

އަލީ ގާސިމް ވިދާޅުވީ ދެ ކަރާ ދަނޑަކަށް ގެއްލުންދީ ކަރާތައް ފަޅާލާފައިވާކަމަށެވެ.

"ދެ ދަނޑަކަށް ގެއްލުންދީފައިވޭ، ކޮންމެ

ދަނޑަކުން ހަ ހާހެއްހާ ރުފިޔާގެ ގެއްލުމެއް ވާނެ ކަމަށް ބެލެވޭ" ކައުންސިލް

މެންބަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މި ފަހަކަށް އައިސް ރަށުގައި މިފަދަ

ނޭއްގާނީ އަމަލުތަކެއް ތަކުރާރުވަމުން އަންނަ ކަމަށާއި ކަރާ ދަނޑުތަކަށް

ގެއްލުންދިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް