އަހަރެންގެ ނަމަކީ ކެސީ އެވެ. އުމުރަކީ 23 އަހަރެވެ. އަހަރެންނަކީ ނަރުހެކެވެ. އަހަރެން ނަރުހަކަށް ވުމަށްފަހު އެންމެ ފުރަތަމަ ބަލަންޖެހުނީ އުމުރުން 80 އަ ފިރިހެނެކެވެ. އޭނާއަކީ އަލްޒެއިމާ ކިޔާ ވަރަށް ނުރައްކާތެރި ބައްޔެއްގެ ވޭން ތަހައްމަލު ކުރަމުން އަންނަ މީހެކެވެ. މި ބައްޔަކީ މީހާގެ ހަނދާންތަށް އެއްކޮށް ފޮހެލާ ބައްޔެކެވެ.
އަހަރެންގެ ފުރަތަމަ ބައްދަލުވުމުގައި އަހަންނަށް މި ބަލިމީހާގެ ފައިލް ދިނެވެ. ފައިލް ބަލާލުމުން އަހަންނަށް މި ބޭބެއަކީ މުސްލިމެއްކަން އެނގުނެވެ. އަދި ފަރުވާ ދިނުމުގައްޔާއި ކާންދިނުމުގައި ސަމާލުކުން ބަހައްޓަންވީ ކަންކަންވެސް އެނގުނެވެ. އަހަރެން އެ ބޭބެއަށް ކާންދެނީ ހަލާލު މަހެވެ. އަދި ކޮންމެ އެއްޗެއްވެސް ކާންދިނުމުގެ ކުރީގައި އޭގައި އެއްވެސްކަހަލަ ހަލާލު ނޫން އެއްޗެއް ހިމެނޭތޯ ބަލަމެވެ. ސަބަބަކީ އަހަރެން ކުރި ހުރިހާ ދިރާސާއެއްގައި މުސްލިމުންނަށް ރަލާއި މިފަދަ އެއްޗެހި ހަރާމް ވާހަކަ އޮތީމައެވެ. އޭރު އެ ބޭބެ އޮތީ އެ ބަލީގެ ވަރަށް މަތީގެ ސްޓޭޖެއްގައެވެ. ނަމަވެސް އަހަންނާއިއެކު މަސައްކަތްކުރާ އެހެން ގިނަ ނަރުހުންނަކަށް އަހަރެން އޭހާ ރަނގަޅަށް އެ ބޭބެއަށް އަޅާލަނީ ކީއްވެ ކަމެއް ނޭނގެއެވެ.
ހަފްތާއެއްހާދުވަސް ވީފަހުން އަހަންނަށް އެ ބޭބެ ހަރަކާތްތަކެއް ކުރާ މަންޒަރު ފެންނަން ފެށިއެވެ. އަހަރެންނަށް އެ ބޭބެގެ މި ހަރަކާތްތަށް ފެނުމާއެކު އެންމެ ފުރަތަމަ ހީކުރެވުނީ އެއީ އެހެން މީހަކު އެ ހަރަކާތްތަށް ކުރި މަންޒަރު ބޭބެއަށް ފެނިފައިވާތީ އެގޮތަށް ހަރަކާތް ކޮށްލީ ކަމަށެވެ. ނަމަވެސް ކޮންމެ ދުވަހަކުވެސް ހެނދުނާއި، މެންދުރާއި އަދި ރޭގަނޑުގައިވެސް އެ ބޭބެ ހަމަ އެ ހަރަކާތްކުރާ މަންޒަރު ފެނިފައި އަހަރެންގެ ހިތުގައި އެތަށް ސުވާލުތަކެއް އުފެދުނެވެ. ވާނިޥެސް އެހެންތާއެވެ. ކޮންމެ ފަހަރަކުވެސް އެ ބޭބެ ހަމަ ތަކުރާރުކުރަމުން ގެނދިޔައީ އެއް ހަރަކާތްތަކެކެވެ. އަތްމައްޗަށް ހިއްލާ ހަށަމް ބަންނަ މަންޒަރާއި ގުދުވާ މަންޒަރު ބަލަން އަހަރެން އިންނަނީ ނުހަނު އަޖައިބުން ފުރިފައެވެ. އަދި ބޭބެ މި ހަރަކާތްތަށް ކުރާއިރު ނުދަންނަ އެހެން ބަހަކުން އެއްޗެހިތަކެއް ކިޔާކަމީ އަހަރެންގެ ހިތުގައި އުފެދިފައިވާ ސުވާލުތަށް އިތުރުކޮށްލި ކަމެކެވެ.
ދެން އަހަރެންނަށް ބޭބެގެ ފަރާތުން ފެނުނު އެންމެ އަޖައިބުވާ އެއްކަމަކީ، ބޭބެ ދުވަހަކުވެސް އަހަރެން ވާތުން ބޭބެއަށް ކާންދީ ހެދިޔަކު ނުދޭނެއެވެ. ކޮންމެ ފަހަރަކުވެސް އަހަރެން ބޭބެއަށް ވާތުން ކާންދެން އުޅޭއިރަށް ބޭބެ އަހަރެންގެ ގާތުގައި ކަނާތުން ކާންދިނުމަށް ބުނެއެވެ. މިކަންކަން އަހަންނަށް ފެނިގެން ދިޔައިރު މިކަންކަމަކީ ބޭބެގެެ ދީނާއި ގުޅިފައިވާ ކަމެއްކަން އަހަންނަށް އެނގެއެވެ. ނަމަވެސް މި ކަންކަން ބޭބެގެ ދީނާއި ގުޅިފައިވަނީ ކޮންް ގޮތަކުންކަމެށް އަހަންނަކަށް ނޭނގެއެވެ.
އަހަރެންގެ ހިތުގައި އުފެދިފައިމިވާ ސުވާލުތަކުގެ ޖަވާބު ހޯދަން އަހަރެން ވަރަށް ބޭނުމެވެ. ނަމަވެސް އެ ސުވާލުތަކަށް ޖަވާބުދޭނޭ މީހެއް ނުވަތަ ޖަވާބު ހޯދާނޭ ގޮތެއްވެސް އަހަންނަކަށް ނޭނގެއެވެ. މިކަންކަމާ ވިސްނަން އަހަރެން އިންދާ އަހަންނާއި އެއްކޮށް މަސައްކަތްކުރާ އެހެން މީހެއް އަހަރެންގެ ގާތުގައި "ޕޭލް ޓޯކް"ކިޔާ އެއްޗެއްގެ ވާހަކަ ބުންޏެވެ. ޕޭލް ޓޯކަކީ ކަންކަމާއި ބެހޭގޮތުން ބަހުސްކުރުމާއި މައުލޫމާތު ހޯދާ ޗެޓް ރޫމް ތަކެކެވެ. އަހަރެން އޭގެތެރެއިން "ޓްރޫ މެސެޖް" ކިޔާ ޗެޓްރޫމެއްގައި ހިތުގައި އުފެދިފައިވާ ސުވާކުތަށް ކުރަމުން ގެންދިޔައިމެވެ. އަދި ކޮންމެ ދުވަހަކުވެސް އެތަށް ފަހަރަކު އެ ބޭބެ ތަކުރާރުކުރަމުން އެ ގެންދަނީ ކޮން ހަރަކާތްރަކެއްތޯވެސް އަހަރެން އަހާ އޮޅުން ފިލުވިމެވެ. އަދި އަހަންނަށް އެ ބޭބެ އެކުރާކަމަކި އަޅުކަން ކުރަނީކަން އެނގުނެވެ. ނަމަވެސް އަހަންނަކަށް މިކަން ގަބޫލެއްނުކުރެވުނެވެ. ނަމަވެސް ޔޫ ޓިއުބުގައި މީހަކު ޕޯސްޓު ކޮށްފައިއިން ވީޑިއޯއެއް ފެނުމަށްފަހު އަހަރެންގެ ހިތް އެކަންވެސް ގަބޫލު ކުރިއެވެ. އަހަރެން ހުރީ މުޅިން ހައިރާން ވެފައެވެ. ވާނީވެސް އެހެންތާއެވެ. ހަނދާންތަކާއި، ދަރިންނާއި، މަސައްކަތާއި އަދި އަމީއްލަޔަށް ކާނެ ގޮޮތް ހަނދާން ނެތިފައިވާ މީހަކަށް ނަމާދު ކުރާނޭ ގޮތާއި ނަމާދުގައި ކިޔާ ހުރިހާއެއްޗެއް އެނގޭކަމީ ކޮންމެ މީހަކުވެސް އަޖައިބުވާނޭ ކަމެކެވެ.
މިހުރިހާ ކަމަކުން އަހަންނަށް އެނގިގެންދިޔައީ މި ބޭބެއަކީ ދީނީ ކަންކަމަށް ވަރަށް ބޮޑަށް އަހަންމިޔަތު ކަމެއް ދެއްވާ މީހެއް ކަމެވެ. އަދި މިހުރިހާކަމެއްގެ ސަބަބުން އަހަރެންނަށް ބޭބެގެ ދީނާއި ބެހޭގޮތުން މައުލޫމާތު ހޯދަން މަޖުބޫރު ވިއެވެ. އަހަންނަށް ވީވަރަކުން އަހަރެން ޕޭލް ޓޯކްގައި ސުވާލުތަށް އަހަމުން ގެންދިޔައިމެވެ. އަދި އަހަންނަށް ޤުރުއާނުގެ މާނަ އަދި ޤުރުއާން ލިބޭނޭ ސައިޓެއްވެސް އެނގުނެވެ. އަހަރެން އައިޕޮޑުގައި ޤުރުއާނުގެ ރިކޯޑިންގ އެއް ސޭވްކޮށް އެ ބޭބެއަށް އެ އައިޕޮޑު ދިނީމެވެ. ބޭބެ ޤުރުއާން އަޑުއަހަމުން ދާއިރު ބޭބެ ހިނިތުންވާ މަންޒަރާއި ރޯ މަންޒަރު އަހަރެން ބަލަންއިނީމެވެ. އަދި ޤުރުއާނުގެ މާނަ ކިޔުމަށް ފަހު ބޭބެ އާއި މެދު ހަމްދަރުދީވިއެވެ.
އަހަރެންނަށް ޕޭލް ޓޯކުގެ ޒަރިއްޔާއިން ލިބުނު އެންމެހައި މައުލޫމާތުތަށް ބޭނުންކޮށްގެން ބޭބެއަށް އެހީ ވެދެވޭތޯ މަސައްކަތްކުރަމުން ގެންދިޔައިމެވެ. ނަމަވެސް އަހަންނަށް ފާހަގަ ކުރެވުނީ އަހަރެންގެ ހިތުގައިވެސް އިސްލާމް ދީނާއި ބެހޭ ސުވާލުތަކުގެ ޖަވާބު ހޯދުމަށް ބާރުއެޅެމުން ދާކަމަށެވެ. އަހަރެން މީގެކުރިން ދުވަހަކުވެސް އަމީއްލަ ނަފްސާއިމެދު ވިސްނާފައެއް ނުވާނެއެވެ. އަހަންނަކަށް ދުވަހަކުވެސް އަހަރެންގެ ބައްޕަ އަކީ ކާކުކަމެއް ނޭނގެއެވެ. އަހަރެންގެ މަންމަ ވެސް ވަނީ އަހަރެންގެ އުމުރުން ތިން އަހަރުގައި މި ދުނިޔެއާއި އަލްވަދާއު ކިޔާފައެވެ. އަހަންނާއި އަހަރެންގެ ބޭބެ ބަލާ ބޮޑުކުރީ އަހަރެންގެ ކާފައާއި މާމައެވެ. ނަމަވެސް މީގެ ހަތަރު އަހަރުކުރިން މާމަ އާއި ކާފަވެސް ވަނީ ނިޔާވެފައެވެ. މި ހުރިހާކަމަކަށް ފަހުވެސް، އަހަރެން ދިރިއުޅެމުން އައީ އުފަލުގައެވެ.
އެ ބޭބެއާއިއެކު ވަގުތު ހޭދަކުރުމަށް ފަހު އަހަރެންގެ ކިބައިގާ އުނި ސިފަތަކެއް ހުރިކަން އަހަންނަށް ފާހަގަވެގެން ދިޔައެވެ. އެއީ ހިތުގައި އަމާންކަމެއް ނެތުމެވެ. ޕޭލް ޓޯކު ބޭނުންކުރާ އަންހެނެއް އަހަންނަށް މިސަރަހައްދުގައި ހުރި މިސްކިތްތަކުގެ ލިސްޓެއް ދިނެވެ. އަދި އަހަރެން އޭގެ ތެރެއިން އެއް މިސްކިތަށް ދިޔައިމެވެ. އެ މިސްކިތުގައި މީހުން ނަމާދުކުރާ މަންޒަރު ފެނިފައި އަހަރެންނަށް ރޮވުނެވެ. އަހަރެން އޭގެފަހުން ކޮންމެ ދުވަހަކުވެސް އެ މިސްކިތަށް ދަމެވެ. އެ މިސްކިތުގެ އިމާމް އަދި އިމާމްގެ އަންހެނުން އަހަންނަށް އިސްލާމް ދީނާއި ބެހޭ ފޮތްތަށް ދީ އަހަރެންގެ ކޮންމެ ސުވާލަކަށްވެސް ޖަވާބު ދެމުން ދިޔައެވެ. އަހަރެން މިސްކިތުގައިވެސް އަދި ޕޭލް ޓޯކުގައިވެސް ކުރާ ކޮންމެ ސުވާލެއްގެ ޖަވާބުވެސް އަހަންނަސް ލިބެމުން ދިޔަގޮތުގެ ފުރިހަމަ ކަމުން އަހަންނަށް އެކަން ގަބުލުކުރަން މަޖުބޫރު ވެއެވެ. އަހަރެން މީގެކުރިން ދުވަހަކުވެސް އެއްވެސް ދީނަކަސް ތަބައެއް ނުވަމެވެ. ނަމަވެސް އަހަރެން ކަލަކު ވޮޑިގެން ވާކަމަށް ގަބޫލު ކުރަމެވެ. ނަމަވެސް އެ ކަލާނގެއަށް އަޅުކަން ކުރާނެ ގޮތެއް ނޭނގެއެވެ.
އެއްދުވަހެއްގެ ހަވީރުގެ ވަގުތެއްގައި އަހަރެން ޕޭލް ޓޯކުގައި އެކްޓިވް ވީމެވެ. އަދީ އޭގެތެރިން އެކަކު އަހަރެންގެ ގާތުގައި އެއްވެސް ސުވާލެއް އެބަ އޮތްތޯ އެހިއެވެ. ޖަވާބުގައި އަހަރެން ބުނީ ނޫނެކެނެ. ދޭން އޭނާ އެހީ، ލިބުނު ޖަވާބު ތަކާމެދު ހިންހަމަޖެހޭ ހެއްޔެވެ. މިފަހަރު އަހަރެންގެ ޖަވާބުގައި ބުނީ އާނއެކޭ އެވެ. އެއަށްފަހު ދެން އޭނާ އެހީ އެހެންވިއްޔާ އަހަރެން އިސްލާމަކަށް ނުވަނީ ކީއްވެ ހެއްޔެވެ. އަހަރެންނަށް ދޭނެ ޖަވާބެއް ނޭނގިފައި ހުރީއެވެ. އަހަރެން ދެން ދިޔައީ މަޤްރިބް ނަމާދުކުރާތަނަށް މިސްކިތަށެވެ. މިސްކިތުންވެސް އަހަރެންގެ ގާތުގައި ހަމަ އެ ސުވާލު ކުރިޔެވެ. އަހަންނަށް ދޭނޭ ޖަވާބެއް ނޭނގުނެވެ. އަހަރެން ދެން ދިޔައީ އެ ބޭބެއަށް ކާންދޭށެވެ. އަހަރެން އެ ބޭބެގެ ލޮލަށް ބަލާލުމުން އެ ބޭބެ އަހަންނާ ހަމަޔަށް އައުމުގެ ވަރަށްބޮޑު ބޭނުމެއްވާކަން ހުދު އަހަންނަށްވެސް އެނގުނެވެ.
އަނެއްދުވަހު ހެނދުނު އަހަރެން އެންމެ ފުރަތަމަވެސް އަވަސްވެގަތީ މިސްކިތަށް ދިޔުމަށެވެ. އަދި އަހަރެން މިސްކިތުގެ އިމާމުގެ ގާތުގައި މުސްލިމަކަށް ވާން ހަދަންޖެހެނީ ކިހިނެތްތޯ އެހީމެވެ. އިމާމް މީހާ ހިނިތުންވުމަކާއެކު ބުނީ ޝަހާދަތުދެ ދެކަލިމަ ކިޔާ އޭގެ މާނަ ހިތުން ދަސްކުރުމަށެވެ. އެއަށްފަހުގައިވެސް ދެން އިތުރަށް ކުރަންވީކަންކަން އަހަންނަށް ކިޔައިދިނީ އިމާމް މިހާއެވެ. އަހަރެން ޝަހާދަތް ކިއިރު އުފާވިވަރު ބުނެދޭކަށެއް ހުދު އަހަރެންނަށްވެސް ނޭނގެއެވެ. މިހަބަރު އެންމެ ފުރަތަމަވެސް ދިނީ އެ ބޭބެއަށެވެ. އެބޭބެ އެކަމާ އުފާވީތީ އަހަރެންގެ އުފާ ދެގުނައަށް އިތުރުވިއެވެ. އަހަރެން ގެއަށް އައިސް ޕޭލް ޓޯކުގައިވެސް ޝަހާދަތް ކީމެވެ. އަދި ޕޭލް ޓޯލުގައި އުޅޭ އެންމެންވެސް އަހަންނަށް ވަރަށް ގިނަ އެއްޗެހި ކިޔާދިނެވެ.
އަހަރެން އިސްލާމްވިތާ އެއް ހަފްތާ ވެއްޖެވެ. މިހާތަނަށް ހުރިހާކަމެއްވެސް ވަމުން ދިޔައީ ހަމަ ރަނގަޅަށެވެ. ނަމަވެސް އަހަރެންނަށް ލިބުނީ ވަރަށްވެސް ހިތާމަވެރި ހަބަރެކެވެ. އެއްރެއަކު އަހަރެން ބޭބެއަށް އަޅާލަމުން ދަނިކޮށް އެ ބޭބެ މިދުނިޔެއާއި އަލްވަދާއު ކިޔައިފިއެވެ. إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ.
އެބޭބެގެ މަރަކީ ވަރަށް ފަސޭހަ މަރެކެވެ. އަދި ބޭބެގެ ގާތުުގައިހުރީ އަމައެކަނި އަހަންނެވެ. އެބޭބެއަކީ އަހަރެން ދުވަހަކުވެސް ނުދެކޭފަދަ ބައްޕައެކެވެ. އަދި އަހަރެން އިސްލާމްދީނަށް ވަނުމުގެ ދޮރެވެ.
އަހަރެން އިސްލާމްވި ދުވަހުންފެށިގެން މިއަދާ ހަމައަށްވެސް އަދި އަހަރެން މިދުނިޔޭގައި ހުރިހާ ހިނދެއްދައި އަހަރެން މާތްﷲ އަށް އަޅުކަންކޮށް އެބޭބެއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުންއެދި ދުޢާ ކުރާނަމެވެ. އަހަރެން މާތްﷲއަށްޓަކައި އެ ބޭބެދެކެ ލޯބިވެއެވެ. އަހި ހުދު އަހަރެންވެސް އެ ބޭބެފަދަ ދީންދެކެ ލޯބިވާ ދީންވެރިމީހަކަށް ވެވޭތޯ ބަލާނަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް