އޮގަސްޓު މަހު މީރާއިން 2.12 ބިލިއަން ރުފިޔާ ބަލައިގަނެފި

އޮގަސްޓު 2025 ގައި މީރާއިން ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ އަކީ 2.12 ބިލިއަން ރުފިޔާއެވެ. މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %6.9 އިތުރު އަދަދެކެވެ. އަދި، އޮގަސް...

10 Sep 2025 | 14:38
މީރާ ޓީމްގެ މުވައްޒަފުންތަކެއް - ފޮޓޯ: މީރާ

މީރާ ޓީމްގެ މުވައްޒަފުންތަކެއް - ފޮޓޯ: މީރާ

އޮގަސްޓު

2025 ގައި މީރާއިން ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ އަކީ 2.12 ބިލިއަން ރުފިޔާއެވެ.

މި އަދަދަކީ

ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %6.9 އިތުރު އަދަދެކެވެ.

އަދި، އޮގަސްޓު 2025 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %3.1 އިތުރު

އަދަދެކެވެ.

މީރާއިން

މައުލޫމާތުދޭ ގޮތުގައި، އޮގަސްޓު 2024 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު، އޮގަސްޓު

2025 ގައި ލިބިފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާގެ

ޖީ.އެސްޓީ އާއި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާއިއެކު އެއަރޕޯޓް

ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމާއި ގުޅިގެންނެވެ.

މިއީ، އޮގަސްޓު 2024 އާ އަޅައިބަލާއިރު އޮގަސްޓު 2025 ގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ

ފަތުރުވެރިންގެ %11.5 އިތުރުވެފައިވާތީ، ޓޫރިޒަމް ދާއިރާގެ އާމްދަނީތަކަށް ލިބިފައިވާ

ކުރިއެރުމެކެވެ. މީގެ އިތުރުން، 1 ޖަނަވަރީ 2025 އިން ފެށިގެން ގްރީން ޓެކުހުގެ ރޭޓު

ބޮޑުކުރުމާއި އަދި ޑިސެންބަރު 2024 އިން ފެށިގެން އެއަރޕޯޓް ޓެކުހާއި ފީގެ ރޭޓު ބޮޑުކުރުމަކީވެސް  އޮގަސްޓު 2025 ގެ އާމްދަނީ އިތުރުވެފައިވާ ސަބަބެކެވެ.

އޮގަސްޓު

2025 އަށް އަންދާޒާކޮށްފައިވާ އާމްދަނީއަށްވުރެ %3.1 އިތުރުވެފައިވާ މައިގަނޑު ސަބަބަކީ،

ދިވެހިރާއްޖެއަށް ޒިޔާރާތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުމާއެކު ޓޫރިޒަމް ދާއިރާގެ

ޖީ.އެސްޓީ އަދި ގްރީން ޓެކުހުގެ ގޮތުގައި ބަލައިގަތް އާމްދަނީ އިތުރުވުމެވެ. އަދި ކޯޕަރޭޓް

ސޯޝަލް ރެސްޕޮންސިބިލިޓީ ފީގެ ގޮތުގައި ލިބުނު އާމްދަނީ ވެސް އިތުރުވުމެވެ. މީގެ އިތުރުން،

އޮގަސްޓު 2025 ގައި ލިބިފައިވާ އާމްދަނީގެ %22.9 އަކީ ކުރީގެ މުއްދަތުތަކަށް ޓެކްސް

ދައްކާ ފަރާތްތަކުން ދައްކާފައިވާ ފައިސާއެވެ. މީގެ އިތުރުން، އާމްދަނީގެ %9.0 ލިބިފައިވަނީ

ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން ކަމަށާއި މިއީވެސް މި މުއްދަތުގައި

ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބެކެވެ.

އޮގަސްޓު

2025 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ.

އެއީ 54.7% ނުވަތަ 1.16 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ

އާމްދަނީ އިން ނަގާ ޓެކުހުންނެވެ. އެއީ 11.4% ނުވަތަ 240.6 މިލިއަން ރުފިޔާއެވެ. މީގެ

އިތުރުން ގްރީން ޓެކުހުގެ ގޮތުގައި ޓެކުހުގެ ގޮތުގައި 191.2 މިލިއަން ރުފިޔާ

(9.0%)، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 165.0 މިލިއަން ރުފިޔާ (7.8%)، ޑިޕާރޗަރ

ޓުކުހުގެ ގޮތުގައި 162.5 މިލިއަން ރުފިޔާ (.7%7) އަދި ވާކް ޕާމިޓް ފީގެ ގޮތުގައި

63.6 މިލިއަން ރުފިޔާ (%3.0) ބަލައިގަނެފައިވެއެވެ.

އޮގަސްޓު 2025 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި

89.04 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް