ސައޫދީގައި ހުކުރު ޚުޠުބާ ގެދޮރު ކުލި ބޮޑު ކުރުމާއި ދެކޮޅަށް އެކުލަވައިލަން އަންގައިފި

ސައޫދީ އަރަބިއްޔާގައި ދެން އަންނަ ހުކުރެއްގެ ހުކުރު ޚުޠުބާ ގެދޮރު ކުލި ބޮޑުކުރުމާއި ދެކޮޅަށް އެކުލަވައިލުމަށް އެ ޤައުމުގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޝައިޚް އަބްދުލްލަތީފް އަލް-ޝައިޚް އ...

06 Oct 2025 | 22:35
ސައޫދީ އަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު  -

ސައޫދީ އަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު -

ސައޫދީ އަރަބިއްޔާގައި ދެން އަންނަ ހުކުރެއްގެ

ހުކުރު ޚުޠުބާ ގެދޮރު ކުލި ބޮޑުކުރުމާއި ދެކޮޅަށް އެކުލަވައިލުމަށް އެ ޤައުމުގެ

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު ޝައިޚް އަބްދުލްލަތީފް އަލް-ޝައިޚް

އަންގަވައިފިއެވެ.

ސައޫދީ ގެޒެޓުގައި ރިޕޯޓްކޮށްފައިވާގޮތުގައި ވަޒީރުގެ

މި އެންގުމުގައި ސައޫދީ އަރަބިއްޔާގެ މިސްކިތްތަކުގެ އިމާމުންނަށް އަންގަވާފައިވަނީ

ކުލި ބޮޑުކުރުމުން އާންމުންނަށް ދިމާވާނެ ދަތިތަކުގެ މައްޗަށާއި ދަހިވެތިކަން ދޫކޮށް

އީމާންތެރިކަން ވަރުގަދަ ކުރުމަށް ހުކުރު ޚުޠުބާގައި އަލިއަޅުވާލުމަށެވެ.

ގެދޮރާއި އެޕާޓްމަންޓް ކުއްޔަށް ދިނުމުގައި އަސްލާއި

ނުބައްދަލު ބޮޑު ފައިދާ ނެގުމުގެ ބަދަލުގައި އަހަރެމެން ހެއްދެވި އަރަހުށި އިލާހު،

މާތް ﷲ އަށް ބިރުވެތިވުމުގެ މެސެޖުތައް ހުކުރު ޚުޠުބާގައި ހިމެނުމަށް އެންގެވި ކަމަށްވެސް

ރިޕޯޓްކޮށްފައިވެއެވެ.

އެފަދައިން އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާގެ ވަޒީރު

އެންގެވީ ހުކުރު ޚުޠުބާތަކުގައި އާންމު ރައްޔިތު މީހާގެ އާންމު ދަތިތަކުގެ މައްސަލަތަކަށް

ބިނާކުރުމަށް އެ ވުޒާރާއިން ގެންގުޅޭ ސިޔާސަތުގެ ދަށުން ކަމުގައިވެސް

ރިޕޯޓްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް