ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ޑިޒައިން އާއި ސާވޭގެ މަސައްކަތް ސީއެޗްއީސީއާއި ހަވާލުކޮށްފި

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މުހިންމު މަސައްކަތްތަކެއް ވަނީ މިއަދު ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (ސީ.އެޗް.އީ.ސީ) އާ ހަވާލުކޮށް، އެކަމާ ގުޅ...

05 Feb 2026 | 11:38
އެއްބަސްވުމުގައި ސޮއިކުރުން ފޮޓޯ: އެމް.ޕީ.އެލް

އެއްބަސްވުމުގައި ސޮއިކުރުން ފޮޓޯ: އެމް.ޕީ.އެލް

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ފުރަތަމަ

ފިޔަވަހީގެ މުހިންމު މަސައްކަތްތަކެއް ވަނީ މިއަދު ޗައިނާ ހާބަރ އިންޖިނިއަރިންގ

ކޮމްޕެނީ (ސީ.އެޗް.އީ.ސީ) އާ ހަވާލުކޮށް، އެކަމާ ގުޅޭ އެއަބަސްވުމުގައި ސޮއިކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު

އިއްވެވި 2026 ވަނަ އަހަރުގެ ރިޔާސީ ބަޔާނުގައި ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމުގެ

މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންގޮސް، 2027 ވަނަ އަހަރު ތިލަފުއްޓަށް

ބަނދަރު ބަދަލުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެމް.ޕީ.އެލް އިން މިއަދު ވަނީ

ތިލަފުށީގައި ތަރައްޤީކުރުމަށް ރާވާފައިވާ ބަނދަރުގެ ފޭސް-އެކެއްގެ ޑިޒައިން އާއި

ސާރވޭގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ސީ.އެޗް.އީސީއާ ހަވާލުކޮށްފައެވެ.

އަދި މި އެއްބަސްވުމުގެ ދަށުން، ސީ.އެޗް.އީސީން

މި މަސައްކަތް ފަސް މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ފުރިހަމަކުރުމަށްފަހު، ދެ

ފަރާތުން އެއްބަސްވެވޭ އަގެއްގެ މައްޗަށް، މި ޕްރޮޖެކްޓްގެ ކޮންސްޓްރަކްޝަން

ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި

އެމް.ޕީ.އެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކުޓިވް

އޮފިސަރ، ޑީ.ސީ.ޕީ (ރިޓަޔަރޑް) މުޙައްމަދު ރިޝްވާނެވެ. ސީ.އެޗް.އީ.ސީގެ ފަރާތުން

ސޮއިކުރެއްވީ ކަންޓްރީ މެނޭޖަރ މާއޯ ބާއޯއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.ޕީ.އެލްގެ ސީ.އީ.އޯ ރިޝްވާން

ވިދާޅުވީ "މިއަދަކީ އެމް.ޕީ.އެލްގެ ތާރީހުގައި މުހިންމު ދުވަހެއް"

ކަމަށެވެ. އަދި ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމަކީ ދިވެހިރާއްޖޭގެ ވިޔަފާރީގެ

ސިނާއަތާއި، އާންމު ރައްޔިތުންގެ ހައްގުގައިވެސް ކޮންމެހެންވެސް ކުރަންޖެހޭ

މަސައްކަތެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް