ނ. މަނަދޫގައި އެފްއެސްއެމްގެ ފިއުލް ސްޓޭޝަނުން ރަސްމީކޮށް ޚިދުމަތް ދޭން ފަށައިފި

މަސްވެރިންނަށް ހެޔޮއަގުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، ނ. މަނަދޫގައި ޤާއިމުކުރި ފިއުލް ސްޓޭޝަނުން ރަސްމީކޮށް ޚިދުމަތް ދޭން ފަށައިފި...

03 Oct 2026 | 05:52
މަނަދޫގައި ފިއުލް ސްޓޭޝަންގެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތު -- ފޮޓޯ: އެފް.އެސް.އެމް

މަނަދޫގައި ފިއުލް ސްޓޭޝަންގެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތު -- ފޮޓޯ: އެފް.އެސް.އެމް

މަސްވެރިންނަށް ހެޔޮއަގުގައި ރާއްޖޭގެ

އެކި ސަރަހައްދުތަކުން ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ

ދަށުން، ނ. މަނަދޫގައި ޤާއިމުކުރި ފިއުލް ސްޓޭޝަނުން ރަސްމީކޮށް ޚިދުމަތް ދޭން

ފަށައިފިއެވެ.

ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފް.އެސް.އެމް) އާއި

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސް.ޓީ.އޯ) ގުޅިގެން މަނަދޫގައި ތަރައްޤީކުރި

މި ފިއުލް ސްޓޭޝަން ރަސްމީކޮށް ހުޅުވާފައިވަނީ މިރޭ އެ ރަށުގައި ބޭއްވި ޚާއްޞަ

ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ފިއުލް

ސްޓޭޝަންގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙު ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ

މަނަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ހުސްނީ މުބާރަކްއެވެ. މީގެ އިތުރުން އެ ރަށުގެ ކައުންސިލް މެންބަރުންނާއި

މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ އާންމު ރައްޔިތުން މި

ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

މަނަދޫގައި މި ޚިދުމަތް ފެށުމާއެކު، މަސްވެރިންނަށް

މާލެއިން ތެޔޮ ވިއްކާ އަގުގައި މަނަދޫއިން ވެސް ޑީސަލް ލިބެން ހުންނާނެއެވެ. މިއީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް ދިމާވާ ތަކުލީފުތައް

ކުޑަކޮށް، އަތޮޅުތަކުގެ އިޤްތިޞާދީ ޙަރަކާތްތަކަށް ލުއިފަސޭހަކޮށްދިނުމަށް

ވެވަޑައިގެންފައިވާ ވަޢުދުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި ސްޓޭޝަންގެ ސަބަބުން މަނަދޫގެ އިތުރުން އެ

ސަރަހައްދުގެ މަސްވެރިންނަށާއި ދަތުރުފަތުރު ކުރާ ފަރާތްތަކަށް އަގުހެޔޮކޮށް އަދި

ފަސޭހަކަމާއެކު ތެޔޮ ލިބިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް