ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް ވުޒާރާގެ ވަޒީރު ކަމަށް ޢަބްދުﷲ ރާފިޢު އައްޔަނުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ މަޤާމަށް ޢަބްދުﷲ ރާފިޢު މިއަދު އައްޔަނުކުރައްވައިފިއެވެ. މިރޭ ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައ...

14 Apr 2026 | 16:06
ވަޒީރު ރާފިއު ރައީސް މުޢިއްޒާއެކު - ފޮޓޯ: ރައީސް އޮފީސް

ވަޒީރު ރާފިއު ރައީސް މުޢިއްޒާއެކު - ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ މަޤާމަށް ޢަބްދުﷲ ރާފިޢު މިއަދު އައްޔަނުކުރައްވައިފިއެވެ.

މިރޭ ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ޢަބްދުﷲ ރާފިޢު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީ މަޤާމުގެ ހުވައި ކުރައްވައިފައެވެ. ހުވައި ލައިދެއްވީ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދެވެ.

ޢަބްދުﷲ ރާފިޢު ވަނީ މި ސަރުކާރު ފެށުނީއްސުރެ ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ވުޒާރާގެ ވަޒީރުކަން ކުރައްވައިފައެވެ. ކެބިނެޓް ބަދަލުތަކާ ގުޅިގެން ކުރީގެ ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް ވުޒާރާގެ ދާއިރާގައި ހިމެނުނު ޔޫތު އެމްޕަވަރމަންޓް ބައި ވަނީ ސްޕޯޓްސް ވުޒާރާގެ ދަށަށް ގެންނަވައިފައެވެ. ޢަބްދުﷲ ރާފިޢުއަކީ ސްޕޯޓްސް ފިޒީޝަނެއް ކަމަށްވާއިރު، ކުރިން މޯލްޑިވްސް ސްޕޯޓްސް ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ވެސް ޚިދުމަތް ކުރައްވައިފައިވެއެވެ.

މިއަދު 10 ވަޒީރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސް ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ކުރީގެ 22 އިން 15 އަށް މަދުކުރައްވައި، ބައެއް ވުޒާރާތައް އެއްކޮށްލައްވައި ކެބިނެޓް އަލުން ބައްޓަންކުރައްވައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް