އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ވުޒާރާގެ ވަޒީރު ކަމަށް ޑރ. ޢަބްދުﷲ މުއްޠަލިބް އައްޔަނުކުރައްވައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ މަޤާމަށް ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް މިއަދު އައްޔަނުކުރައްވައިފިއެވެ. މިރޭ ރައީސް އޮފީހުގައ...

14 Apr 2026 | 16:09
ޑރ. މުއްތަލިބު ރައީސް މުޢިއްޒާއެކު - ފޮޓޯ: ރައީސް އޮފީސް

ޑރ. މުއްތަލިބު ރައީސް މުޢިއްޒާއެކު - ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓްގެ މަޤާމަށް ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބް މިއަދު އައްޔަނުކުރައްވައިފިއެވެ.

މިރޭ ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައި ޑރ. މުއްޠަލިބް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީ މަޤާމުގެ ހުވައި ކުރައްވައިފައެވެ. ހުވައި ލައިދެއްވީ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދެވެ.

ޑރ. މުއްޠަލިބް ވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ވުޒާރާގެ ވަޒީރުކަން ކުރައްވައިފައެވެ. ކެބިނެޓް ބަދަލުތަކާ ގުޅިގެން ކުރީގެ ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވަރކްސް ވުޒާރާގެ ދާއިރާގައި ހިމެނުނު ބައެއް ޒިންމާތައް ވެސް މި ވުޒާރާގެ ދަށަށް ގެންނަވައި، އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް ވުޒާރާގެ ނަމަށް ވަނީ ބަދަލުކުރައްވައިފައެވެ.

މިއަދު 10 ވަޒީރަކު އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސް ވަނީ ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ޢަދަދު ކުރީގެ 22 އިން 15 އަށް މަދުކުރައްވައި، ބައެއް ވުޒާރާތައް އެއްކޮށްލައްވައި ކެބިނެޓް އަލުން ބައްޓަންކުރައްވައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް