N/A
މާދަމާ، 01 ޖަނަވަރީ 2025 އިން ފެށިގެން އެންސްޕާ
އަދި އާސަންދައިން ފަށާ މުހިންމު ޕްރޮގްރާމްތައް އިފްތިތާހްކޮށްފިއެވެ.

އެގޮތުން ތެލަސީމިއާ އެލަވަންސް ތައާރަފްކުރުމާއި ތެލަސީމިއާ
ބަލި ތަހައްމަލް ކުރަމުންދާ ކޮންމެ ފަރާތަކަށް މަހަކު 2000ރގެ އެލަވަންސެއް ދިނުމާއި
ޕްރައިވެޓް ހޮސްޕިޓަލްތަކުންނާއި ކްލިނިކްތަކުން ލިބޭ ހުރިހާ ބާވަތެއްގެ ތެރަޕީގެ
ޚިދުމަތްތައް އާސަންދައިން ހަމަޖެއްސުމާއި ނަފްސާނީ ބައްޔަށް ހިނގާ ހުރިހާ ޚަރަދެއް
އާސަންދަ ސްކީމް މެދުވެރިކޮށް ހަމަޖެއްސުމެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި ޚާއްޞަ
ރަސްމިއްޔާތެއްގައި މި ޚިދުމަތްތައް އިފުތިތާހުކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ
ނާޒިމް އިބްރާހިމް އާއި ސޯޝަލް ފެމިލީ މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.

ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް