ކޭޕާކް މަންޑޭ -
ހަސަން މަމްދޫހް (ކޭޕާކް މަންޑޭ) 397 އަހަރަށްވުރެ ދިގު މުއްދަތަކަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.
އޭނާގެ މައްޗަށް މި ހުކުމް އިއްވާފައިވަނީ ކޭ ޕާކް
ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި
މައްސަލައިގައެވެ.
އެގޮތުން އޭނާގެ މައްޗަށް ޓެކުމުގެ 50 ދައުވާއަކާއި
އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާއަކާއި ސައްހަ ނޫން ލިޔުމެއް ދިނުމުގެ
ތިން ދައުވާ އަކާއި މަނީ ލޯންޑްރިންގެ ދައުވާއެއް ހިމެނެއެވެ. 94 ދައުވާއެއް
މަންޑޭގެ މައްޗަށް ސާބިތުވިއެވެ.
390 އަހަރަށްވުރެ ދިގު ޖަލު ހުކުމަށް ވަކިވަކީން
ބަލައިލާއިރު ޓެކުމުގެ 46 ދައުވާއަކުން ކޮމެ ދައުވާއަކަށް އަށް އަހަރުގެ ޖަލު
ހުކުމެއް އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާއިން 14 އަހަރުގެ ޖަލު ހުކުމެއް
އަދި މަނީ ލޯންޑްރިންގެ ކުށުގައި 15 ދައުވާގެ އިތުރުން ސައްހަ ނޫން ލިޔުމެއް ދިނުމުގެ
ތިން ދައުވާއަށް ދޮޅު އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ.
މިއީ ރާއްޖޭގައި އިއްވިގެންދިޔަ އެންމެ ދިގު ޖަލު
ހުކުމަށް ވާނެއެވެ.
ޖަލު ހުކުމުގެ އިތުރުން ފައިސާ ނެގި މީހުންނަށް އެ
ފައިސާ ދޭން އަމުރުކުރިއެވެ. އަދި މަނީ ލޯންޑްރިންގެ ކުށުގައި 30 މިލިޔަން
ރުފިޔާގެ ޖޫރިމަނާއެއްވެސް ކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް