ފުލުހުންގެ ޚިދުމަތަށް ބޮޑެތި ބަދަލުތައް އައިސްފައިވާ ކަމަށް އޭސީޕީ ޝިފާން ވިދާޅުވެއްޖެ

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަސްމަންޒަރުން، އެ ޚިދުމަތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ދައްކުވައިދޭ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް (އޭސީޕީ) އަޙްމަދު ޝިފާން ވިދާޅުވެއްޖެއެވެ. އޭސީޕީ...

31 Mar 2026 | 06:00
އޭސީޕީ ޝިފާން ޕީއެސްއެމްގައި - ފޮޓޯ: ދިވެހި ފުލުހުން

އޭސީޕީ ޝިފާން ޕީއެސްއެމްގައި - ފޮޓޯ: ދިވެހި ފުލުހުން

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަސްމަންޒަރުން، އެ ޚިދުމަތަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ދައްކުވައިދޭ ކަމަށް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް (އޭސީޕީ) އަޙްމަދު ޝިފާން ވިދާޅުވެއްޖެއެވެ.

އޭސީޕީ ޝިފާން މިހެން ވިދާޅުވީ ފުލުހުންގެ 93 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން މި މާރިޗު މަހުގެ 29 ވަނަ ދުވަހު ގެނެސްދިން ޚާއްޞަ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝިފާން ވިދާޅުވީ، 2004 އިން 2007 އާ ދެމެދު މަދަނީ ޚިދުމަތެއްގެ ގޮތުގައި ވަކި މުއައްސަސާއަކަށް ފުލުހުންގެ ޚިދުމަތް ބަދަލުވުމާ ގުޅިގެން، ޚިދުމަތެއްގައި ހުންނަންވާ ހުރިހާ ބަހާތަކެއް ހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އެގޮތުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިހާރު ފުލުހުންގެ ޚިދުމަތް ޤާއިމުކުރެވިފައިވާކަމީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ވިދާޅުވިއެވެ. "މިއީ ކުށްވިޔަ ނުދިނުމަށް ނުވަތަ ޕްރިވެންޓިވް ޕޮލިސިންގގެ ތެރެއިން ފުލުހުން މިހާރު ކުރަމުންދާ މަސައްކަތްތަކަށް ލިބިގެން ދިޔަ އިތުރު ކުރިއެރުމެއް" ކަމަށް ޝިފާން ވިދާޅުވިއެވެ.

މީގެ އިތުރުން، ފުލުހުންގެ ޚިދުމަތަކީ އަމިއްލަ ޓެކްނޮލޮޖިކަލް އިންފްރާސްޓްރަކްޗާ ސިސްޓަމެއް ޤާއިމުކޮށް، އެ ވަސީލަތުގެ ތެރެއިން މުޖުތަމަޢަށް ޚިދުމަތް ދެމުން ގެންދާ މުއައްސަސާއެއް ކަމަށް ވިދާޅުވިއެވެ. އެގޮތުން އަމިއްލަ ރޭޑިއޯ ސިސްޓަމާއި، އިންފޮމޭޝަން ކޮމިއުނިކޭޝަން ސިސްޓަމާއި، ކޭސް މޮޑިއުލް އަދި ޕޮލިސް އެޕް ފާހަގަކުރައްވައި، މި ވަސީލަތްތަކުގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމާއި އަވަސްކަން ލިބިފައިވާ ކަމަށް ވިދާޅުވިއެވެ.

ޝިފާން ވިދާޅުވީ، މިހާރު ފުލުހުންގެ ޚިދުމަތުގެ ގާތްގަނޑަކަށް 75 އިންސައްތަ މީހުންނަކީ ޒުވާނުން ކަމަށާއި، ޒަމާނީ ގޮތުން ވިސްނުންހުރި ކޮންމެ ޒުވާނަކަށް ވެސް ފުލުހުންގެ ޚިދުމަތުގެ ތެރޭގައި ފަހި ފުރުޞަތުތައް ހުރި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް