ގާރލް ގައިޑް އެސޯސިއޭޝަންގެ އަހަރީ އާންމު ޖަލްސާގައި ފަސްޓްލޭޑީ ބައިވެރިވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މުޙައްމަދު، މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ އަހަރީ ޢާންމު ޖަލްސާ 2025 ގައި ބައިވެރިވެވަޑައިގެންފިއެވެ. މިއަދު ހެނދުނު މޫކާއި ހޮޓަ...

31 Jan 2026 | 09:42
N/A

N/A

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް

ގައިޑް ސާޖިދާ މުޙައްމަދު، މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ އަހަރީ

ޢާންމު ޖަލްސާ 2025 ގައި ބައިވެރިވެވަޑައިގެންފިއެވެ.

މިއަދު ހެނދުނު މޫކާއި ހޮޓަލުގައި ބޭއްވި މި ޖަލްސާ

އަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަޑައިގަތުމުން އެކަމަނާއަށް އަދި މި

ރަސްމިއްޔާތުގެ ޚާއްޞަ މެހެމާން، ވޯލްޑް އެސޯސިއޭޝަން އޮފް ގާލް ގައިޑްސް އަދި

ގާލް ސްކައުޓްސްގެ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީގެ ޗެއަރ އަށް ވަނީ ގާޑް އޮފް

އޮނަރއެއް އަރުވާފައެވެ.

މޯލްޑިވްސް ގަރލް ގައިޑްސް އެސޯސިއޭޝަންގެ 2025

ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައިވަނީ، 2024 ވަނަ އަހަރުގެ ޢާއްމު ޖަލްސާގެ

ޔައުމިއްޔާ ފާސްކުރުމާއި، 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އަދި މާލީ ބަޔާން

އިއްވާފައެވެ.

މީގެ އިތުރުން މި ޖަލްސާގައި، ޖަލްސާގެ ޚާއްޞަ

މެހުމާނު ވޯލްޑް އެސޯސިއޭޝަން އޮފް ގާލް ގައިޑްސް އަދި ގާލް ސްކައުޓްސްގެ އޭޝިއާ

ޕެސިފިކް ރީޖަނަލް ކޮމިޓީގެ ޗެއަރ ނިޢުމާތު ޝަފީޤަށް ވަނީ ޓޯކަން އޮފް އެޕްރިސިއޭޝަނެއް

އަރުވާފައެވެ.

މި ރަސްމިއްޔާތުގައި މޯލްޑިވްސް ގަރލް ގައިޑްސް

އެސޯސިއޭޝަންގެ އިސްވެރިން އަދި ގިނަ އަދަދެއްގެ ގައިޑުން ބައިވެރިވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް