ހިޔާ އަލިފާނުގެ ހާދިސާ: ރޯވީ އައުޓްޑޯ ޔުނިޓެއްގައި – ފެންހޮޅިތަކަށް ބޮޑެތި ގެއްލުންތަކެއް !

ހިޔާ ފްލެޓްތަކުގެ ޓަވަރެއްގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި އަލިފާން ރޯވީ އޭސީ އައުޓްޑޯ ޔުނިޓެއްގައި ކަމަށާއި ވައިގޮޅީގެ ފެންހޮޅިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް އެމްއެންޑީއެފްއިން ބުނ...

31 Jan 2026 | 09:25
N/A

N/A

ހިޔާ ފްލެޓްތަކުގެ ޓަވަރެއްގައި އިއްޔެ ހިނގި

އަލިފާނުގެ ހާދިސާގައި އަލިފާން ރޯވީ އޭސީ އައުޓްޑޯ ޔުނިޓެއްގައި ކަމަށާއި ވައިގޮޅީގެ

ފެންހޮޅިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށް އެމްއެންޑީއެފްއިން

ބުނެފިއެވެ.

މިކަން ހާމަކޮށް މިއަދު އެމްއެންޑީއެފްއިން

ބުނެފައިވަނީ

މި ހާދިސާގެ މަޢުލޫމާތު ރޭ 18:33 ހާއިރު އެމްއެންޑީއެފް

މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު އެ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން

ވަނީ އެ ސަރަހައްދަށް ދިޔަކަމަށާއި އެ ސަރަހައްދަށް ފަޔަރ ފައިޓަރުންދިޔައިރު އެ ޓަވަރުގައި

ވަރަށް ބޮޑަށް ދުން ހުރުމުން އާއްމުން ރައްކާތެރި ހިސާބަށް ގެންދިއުމާއި ދުން ބޭރުކުރުމުގެ

މަސައްކަތް ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ކުރި ކަމަށެވެ.

"މި ހާދިސާގައި އަލިފާން ރޯވެފައިވަނީ

އެ ޓަވަރުގެ 9ވަނަ ފްލޯއާއި 14ވަނަ ފްލޯއާއި ދެމެދުގެ ވައިގޮޅީގައި ހުރި އެސީ އައުޓްޑޯއެއްގައި،

މި ހާދިސާގެ ސަބަބުން އެ ޓަވަރުގެ ވައި ގޮޅިގައި ހުންނަ ފެންހޮޅިތަކަށް ވަނީ ބޮޑެތި

ގެއްލުންތަކެއް ލިބިފައި" އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް