ގިރާވަރު ފަޅުން ގޯތި ހަވާލުކޮށްފައިވާ ފަރާތްތަކުގެ މެދުގައި އައު ޕްލޮޓް އެލޮކޭޓް ކުރުމުގެ ގުރުއަތުލުން ފެށިގެން ކުރިއަށް

ގިރާވަރު ފަޅުން ގޯތި ހަވާލުކޮށްފައިވާ ފަރާތްތަކުގެ މެދުގައި އައު ޕްލޮޓް އެލޮކޭޓް ކުރުމުގެ ގުރުއަތުލުން  ސޯޝަލް ސެންޓަރުގައި މިއަދު ފެށިގެން ކުރިއަށް އެބަ ދެއެވެ. މިނިސްޓްރީއިން މިއަދު ބުނެފައިވަނީ ގިރ...

31 Jan 2026 | 06:31
ޕްލޮޓް އެލޮކޭޓް ކުރުން ފެށިގެން ކުރިއަށް - ފޮޓޯ: މިނިސްޓްރީ

ޕްލޮޓް އެލޮކޭޓް ކުރުން ފެށިގެން ކުރިއަށް - ފޮޓޯ: މިނިސްޓްރީ

ގިރާވަރު ފަޅުން ގޯތި ހަވާލުކޮށްފައިވާ

ފަރާތްތަކުގެ މެދުގައި އައު ޕްލޮޓް އެލޮކޭޓް ކުރުމުގެ ގުރުއަތުލުން  ސޯޝަލް ސެންޓަރުގައި މިއަދު ފެށިގެން ކުރިއަށް އެބަ

ދެއެވެ.

މިނިސްޓްރީއިން މިއަދު

ބުނެފައިވަނީ ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭން އަށް ބަދަލު ގެނެވި، އައު ލޭންޑް

ޔޫސް ޕްލޭނެއް ތައްޔާރުކުރެވިފައިވާތީ، އެ ޕްލޭންއަށް ރިޢާޔަތްކޮށް ބިންވެރިޔާ

ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަޙައްދަށް

ބަދަލު އައިސްފައިވުމުން، އައު ލޮޓް ނަންބަރު ވަނީ ކަނޑައެޅިފައި ކަމަށާއި މިއަދު

ކުރިއަށް މިދަނީ، މި ބަދަލާއި ގުޅިގެން ގިރާވަރުފަޅުން ގޯތި ޙަވާލުކޮށްފައިވާ

ފަރާތްތަކުގެ މެދުގައި އައު ޕްލޮޓް އެލޮކޭޓް ކުރުމަށްޓަކައި ގުރުއަތުލުމުގެ

މަސައްކަތް ކަމަށެވެ.

ޕްލޮޓް އެލޮކޭޓް ކުރުން ފެށިގެން ކުރިއަށް - ފޮޓޯ: މިނިސްޓްރީ 

އެގޮތުން ގިރާވަރުފަޅުން ދޫކޮށްފައިވާ

ގޯތީގެ އަދަދާއި ބޮޑުމިނުގެ ތަފްޞީލަކީ:

1250 އަކަފޫޓުގެ 2605 ގޯތި

1650 އަކަފޫޓުގެ 1213 ގޯތި

2050 އަކަފޫޓުގެ 253 ގޯތި

2050 އަކަފޫޓުގެ އެއް ގޯތި

މި ބަދަލާއިއެކު ގިރާވަރު ފަޅުން ގޯތިލިބޭ

ފަރާތްތަކަށް ލިބިގެންދާ ޕްލޮޓްގެ ގުރުއަތުލުމުގެ ކަންކަން ކުރިއަށް ގެންދަނީ

އެކަމަށް ކަނޑައަޅާފައިވާ މިނިސްޓްރީގެ މުވައްޒަފުންނެވެ.

މިނިސްޓްރީން ބުނެފައިވާގޮތުގައި ގިރާވަރުފަޅުން

ބިން ލިބޭ ފަރާތްތަކުގެ ތެރެއިން ގުރުއަތުލާ ހޯލަށް، ބިން ލިބިފައިވާ

ފަރާތް/ފަރާތްތަކުގެ ތެރެއިން ކޮންމެ ޕްލޮޓަކަށް 01 (އެކެއް) ފަރާތަށް ވަދެވޭނެ

އިންތިޒާމު ހަމަޖެހިފައިވާނެއެވެ. އެގޮތުން ގުރުއަތުލާއިރު ޕްލޮޓް އެލޮކޭޓްކުރެވޭ ފަރާތްތަކަށް

ވަގުތުން އެފަރާތަކަށް ލިބުނު ޕްލޮޓް ނަންބަރު އެސް.އެމް.އެސް ގެ ޒަރިއްޔާއިން

ލިބިގެންދާނެކަންވެސް މިނިސްޓްރީން ފާހަގަކުރެއެވެ.

ޕްލޮޓް އެލޮކޭޓް ކުރުން ފެށިގެން ކުރިއަށް - ފޮޓޯ: މިނިސްޓްރީ 

މިނިސްޓްރީއިން އިތުރަށް

ބުނެފައިވަނީ ގޯތިލިބޭ ފަރާތްތަކުގެ ގުރުއަތުލުން ނިމުމުން، ގޯތިތަކުގެ ރަޖިސްޓްރީ

އާއި ބިން ލިބޭ ފަރާތްތަކާއެކުވާ އެއްބަސްވުންތަކާގުޅޭ މަޢުލޫމާތު މި މިނިސްޓްރީ

އިން ފަހުގެ ތާރީޚެއްގައި ޙިއްސާކުރާނެ ކަމަށާއި އަދި ބިން ހިއްކާ ނިމުމުން، ގޯތި

ލިބިފައިވާ ފަރާތްތަކާ ގޯތި ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ

ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް