ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހް - ފޮޓޯ: ސްނެޕްޝޮޓް
ހިނގަމުންމިދާ ރިޔާސީ ދައުރުގެ ފަސް އަހަރު
ވެގެންދާނީ ވެރިއެއްގެ ޒައާމަތުގައި އެންމެ ބޮޑު ކާމިޔާބީތައް ޤައުމަކަށް ހޯދައިދޭ
ފަސް އަހަރަށް ކަމުގައި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.
ފަލާހް މިހެން ވިދާޅުވީ އެ ޕާޓީގެ ފުވައްމުލައް
ސިޓީގެ ކެމްޕެއިން އިފްތިތާޙު ކުރުމަށް ބޭއްވި މާހެފުމުގެ ހަރަކާތުގައި ވާހަކަފުޅު
ދައްކަވަމުންނެވެ.
ފަލާހްގެ ވާހަކަފުޅުގައި ވިދާޅުވީ އިންތިޚާބުގައި
އެންމެ ގިނަ ކެންޑިޑޭޓުން ބައިވެރިކުރާ ޕާޓީ އަކީވެސް އަދި އެންމެ ގާބިލު ކެންޑިޑޭޓުންވެސް
ނެރޭ ޕާޓީއަކީވެސް ޕީއެންސީ ކަމަށެވެ.
ފަލާހްގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވީ
ރަށްރަށާއި ސިޓީތަކުގައި ކުރިއަށްގެންދާ މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި
ސަރުކާރާއި ގުޅިގެން މަސައްކަތްކުރާނެ ކައުންސިލެއް އޮތުމުގެ މައްޗަށެވެ.
ފާއިތުވި ފަސް އަހަރު އެމްޑީޕީގެ ކައުންސިލަރުން
ތިބެ މަޝްރޫޢުތައް ކުރިއަށްގެންގޮސްފައިވަނީ އެއްވެސް ޒިންމާދާރުކަމެއް ނެތި ކަން
ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރު ހަވާލުވި އިރު އެފަދަ އެއްވެސް މަޝްރޫޢެއްގެ
އެންމެ ޕަސެންޓެއް ހިންގޭވަރަށްވެސް ފައިސާ ނެތްކަންވެސް ފަލާހް ފާހަގަކުރެއްވިއެވެ.
ނަމަވެސް މި ސަރުކާރުން މަޝްރޫޢެއް
އިޢުލާނުކުރަނީވެސް އެ މަޝްރޫޢެއް ފަށާ ނިންމޭވަރަށް ފައިސާ ހޯދައި ނިންމާފައިކަން
ފަލާހް ފާހަގަކުރެއްވިއެވެ.
ފަލާހް ވިދާޅުވީ މިހާރުވެސް އެފަދަ އެތައް މަޝްރޫޢެއް
ފެށިފައިވާއިރު ބާރު ސްޕީޑްގައި އެ މަޝްރޫޢުތައް ކުރިއަށް ގެންގޮސް ނިންމާލާނެ ކަމަށެވެ.
ރައީސް ވަރުގެ އިހުލާސްތެރި ތެދުވެރިއެއް
ނުލިބޭނެކަން ފާހަގަކުރައްވަމުން ފަލާހް ވިދާޅުވި މަތީ އަގުލަބިއްޔަތަކުން ޕާޓީގެ
ކެންޑިޑޭޓުން ހޮވައިދެއްވުމަށް އަދި ޕާޓީއަށް އިތުބާރުކޮށްދެއްވުމަށް ރައީސް
އެދިލައްވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް