ހާޓް އެޓޭކެއްޖެހި، ޑައިރެކްޓަރު ފައްތާހު ނިޔާވެއްޖެ

މަޝްހޫރު ދިވެހި ފިލްމު ޑައިރެކްޓަރު އަބްދުލް ފައްތާހު ނިޔާވެއްޖެއެވެ. ދުވަހަށް އެނގިފައިވާގޮތުގައި ފައްތާހު ކުއްލިގޮތަކަށް ނިޔާވީ ހާޓް އެޓޭކެއް ޖެހިގެންނެވެ. ނިޔާވިއިރު ފައްތާހު ދިރިއުޅެމުންދިޔައީ އޭނ...

30 Dec 2025 | 16:01
ފިލްމު ޑައިރެކްޓަރު ފައްތާހު - ފޮޓޯ: ފޭސްބުކް ޕްރޮފައިލް

ފިލްމު ޑައިރެކްޓަރު ފައްތާހު - ފޮޓޯ: ފޭސްބުކް ޕްރޮފައިލް

މަޝްހޫރު ދިވެހި ފިލްމު ޑައިރެކްޓަރު އަބްދުލް

ފައްތާހު ނިޔާވެއްޖެއެވެ.

ދުވަހަށް އެނގިފައިވާގޮތުގައި ފައްތާހު

ކުއްލިގޮތަކަށް ނިޔާވީ ހާޓް އެޓޭކެއް ޖެހިގެންނެވެ.

ނިޔާވިއިރު ފައްތާހު ދިރިއުޅެމުންދިޔައީ އޭނާގެ އުފަން

ރަށް ހއ. ކެލާގައެވެ. އެ ރަށު ކައުންސިލުން އެކަން ކަށަވަރުކޮށްދެއެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި ފައްތާހު ނިޔާވީ

މިއަދު އިރު އޮއްސުނުހާއިރު މެޔަށް ތަދެއް އެރުމުން އެ ރަށުގެ ސިއްހީ މަރުކަޒަށް

ގެންގޮސް ފަރުވާދިނުމަށްފަހު ހާލަތު އިތުރަށް ގޯސްވުމުން އެ އަތޮޅު ދިއްދޫގައި

ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ.

ފައްތާހު މިރޭ ނިޔާވެފައިވާއިރު ކެލާ ކައުންސިލު

ރައީސް ކަމަށް ކުރިމަތިލާނެކަން ފައްތާހު އިޢުލާނުކޮށްފައިވެއެވެ.

ފިލްމީ ދާއިރާގައި ކާމިޔާބު ގިނަ ފިލްމުތަކެއް ޑައިރެކްޓްކުރި

ފައްތާހު 2018 ހާ ހިސާބުން ފެށިގެން ދިރިއުޅެމުންދިޔައީ ކެލާގައެވެ. ކެލާއަށް ދިރިއުޅުން

ބަދަލުކޮށް ކެލާގައި ރެސްޓޯރަންޓް ވިޔަފާރިއެއް ފަށާފައިވެއެއެވެ.

ފައްތާރު ދިވެހީންނަށް ގެނެސްދިން ކާމިޔާބު

ފިލްމުތަކުގެ ތެރޭގައި "14 ވިލޭރޭ" "ވެހޭ ވާރޭތެރެއިން"

"ދޯޕައްޓާ" "ހިނިތުންވެލާށޭ ކަލާ" "ތިއޭ މި ހިތުގެ

ވިންދަކީ" ފަދަ ފިލްމާއި ޑްރާމާތައް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް