ބޭގަމް ޚާލިދާ ޒިޔާ -
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ބޭގަމް ޚާލިދާ
ޒިޔާ އަވަހާރަވެއްޖެއެވެ.
އުމުރުން 80 އަހަރުފުޅުގައި ޚާލިދާ މިއަދު
ހެނދުނުގެ ވަގުތެއްގައި އަވަހާރަވެފައިވަނީ އާލާސްކަން ފުޅުގައި
އުޅުއްވުމަށްފަހުގައެވެ.
އެކަން ހާމަކޮށް އެކަމަނާގެ ޕާޓީ ކަމަށްވާ
ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެމްޕީ) ބުނެފައިވަނީ ޚާލިދާ
އަވަހާރަވެފައިވަނީ މިއަދު ހެނދުނު 06:00 ހާއިރު ކަމަށެވެ. އެ ޕާޓީއިން ޚާލިދާގެ
ޢާއިލާއަށް ތަޢުޒިޔާ ކިޔާފައިވެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޚާލިދާ
އާލާސްކަންފުޅާ އުޅުއްވާތާ އަހަރުތަކެއް ވަނީ ވެފައެވެ. މައިގަނޑު އާލާސްކަންފުޅަކީ
ފުއްޕާމޭގައި އިންފެކްޝަނެއް އުފެދުން ކަމުގައިވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ޚާލިދާ އަކީ ބަންގްލަދޭޝްގެ ފުރަތަމަ އަންހެން
ބޮޑުވަޒީރެވެ. ދެ ފަހަރެއްގެ މަތިން ބޮޑުވަޒީރުކަން ކުރެއްވިއެވެ. އެއީ 1991 އިން
1996 އަށް ފުރަތަމަ ޓާމު އަދި 2001 އިން 2006 އަށް ދެވަނަ ޓާމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް