ފޮޓޯ: ސަން މީޑިއާ
ފަތުރުވެރިން ތަކެއް ގޮވައިގެން މާލެ
ދަތުރުކުރަމުންދިޔަ ލޯންޗެއް އަލިހުރަސްކަނޑުން ރާޅެއްގައި ޖެހި އެ ލޯންޗުގެ ބިއްލޫރިގަނޑު
ތަޅައިގެންގޮސް ފަތުރުވެރީންތަކަކަށާއި ފަޅުވެރިއަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން މަޢުލޫމާތުދެއްވާގޮތުގައި މި ހާދިސާ ހިނގީ
މިއަދު ހެނދުނު 07:30 ހާއިރުގައެވެ. އެ ވަގުތަކީ އަލިހުރަސްކަނޑު ހިމެނޭ އެ
ސަރަހައްދަށް މެޓުން ހުދު ސަމާލު ނެރެފައިވާ ވަގުތެކެވެ. އެ ސަމާލުގައި ބުނެފައި
އޮތީ ބޯކޮށް ވާރޭވެހުމާއެކު ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް
ވައިގަދަވުން އެކަށީގެންވާކަމަށެވެ.
އދ. މަހިބަދޫން ފުރައިގެން ފަތުރުވެރީންނާއެކު
ދަތުރުކުރަމުންދިޔަ އެ ލޯންޗު އަލިހުރަސްކަނޑުން ރާޅެއްގައި ޖެހި އެ ލޯންޗުގެ
ބިއްލޫރިގަނޑު ތަޅައިގެންގޮސް އަނިޔާވި މީހުންގެ ތެރެއިން ލޯންޗުގެ ފަޅުވެރިޔާއަށް
އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް