ރ. ދުވާފަރު / ސިކްސް ސެންސް، ޝިބާ ރަޝީދު -
ހުޅުމާލޭ ދެވަނަ ފިޔަވަހިން 14 އަހަރުގެ އަންހެން ކުއްޖަކު
ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން އެކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުން
ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ރ. ދުވާފަރު / ސިކްސް ސެންސް، ޝިބާ ރަޝީދު (14އ) އެވެ.
ފުލުހުން ބުނެފައިވަނީ ހުކުރު ދުވަހުގެ ފަތިހު 05:55
އެހާކަންހާއިރު ގެއިން ނުކުމެގެން ދިޔަގޮތަށް ވީނުވީއެއް ނޭނގި ގެއްލިފައިވާކަމަށް
އާއިލާގެ ފަރާތުން ރިޕޯޓްކޮށްފައިވަނީ ނޮވެމްބަރު 28 ވަނަ ދުވަހުއެވެ.
މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމާއެކު ކަމާގުޅުންހުރި
ބަހާތަކަށް އެކަމުގެ މައުލޫމާތު ހިއްސާކުރެވި ކުއްޖާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށާއި
ނަމަވެސް އަދި ކުއްޖާ ހޯދުމަށް މިހާތަނަށް ކުރެވުނު މަސައްކަތުން ފެނިފައިނުވާކަމަށްވެސް
ފުލުހުން ބުނެފައިވެއެވެ.
ޝިބާ ރަޝީދުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ
ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަންގެ
ނަންބަރު 9113900 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް