ލަންކާ ކާރިސާ: މަރުވި ޢަދަދު 159 އަށް - ގެއްލިފައިވާ މީހުންގެ ޢަދަދު 203 އަށް

ތޫފާން ދިތުވާގައި ސްރީލަންކާއިން މަރުވި މީހުންގެ ޢަދަދު 159 އަކަށް އަރައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ލަންކާގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ހާމަކޮށްފައިވާ އެންމެ ފަހުގެ "ހާލަތު އަދާހަމަ" ރިޕޯޓ...

30 Nov 2025 | 04:57
ލަންކާގައި ފެންބޮޑުވެފައިވާ ސަރަަހައްދެއް - ފޮޓޯ: ނިއުސްވަޔަރ ލަންކާ

ލަންކާގައި ފެންބޮޑުވެފައިވާ ސަރަަހައްދެއް - ފޮޓޯ: ނިއުސްވަޔަރ ލަންކާ

ތޫފާން ދިތުވާގައި ސްރީލަންކާއިން މަރުވި މީހުންގެ

ޢަދަދު 159 އަކަށް އަރައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ލަންކާގެ ޑިޒާސްޓަރ

މެނޭޖްމަންޓް ސެންޓަރުން ހާމަކޮށްފައިވާ އެންމެ ފަހުގެ "ހާލަތު

އަދާހަމަ" ރިޕޯޓުގައެވެ.

އެ ރިޕޯޓުން ފެންނަގޮތުގައި މަރުވި މީހުންގެ ޢަދަދު

159 އަށް އަރާފައިވާއިރު ގެއްލިފައިވ މީހުންގެ ޢަދަދު ވަނި 203 އަށް އަރާފައެވެ.

އެ ރިޕޯޓުގައިވާގޮތުން އެންމެ ގިނައިން މީހުން

މަރުވެފައިވަނީ ބަޑުއްލާ އާއި ކެންޑީ އިންނެވެ. އެ ދެ ސަރަހައްދުންވެސް ކޮންމެ

ސަރަހައްދަކުން 52 މީހަކު މަރުވެފައިވަކަމަށް ރެކޯޑުކޮށްފައިވެއެވެ.

މީހުން އެންމެ ގިނައިން ގެއްލިފައިވަނީވެސް އެ ދެ

ސަރަހައްދުންނެވެ. ބަޑުއްލާއިން 42 މީހަކު ގެއްލިފައިވާއިރު ކެންޑީން 105 މީހަކު

ގެއްލިފައިވާކަމަށް ރެކޯޑުކޮށްފައިވެއެވެ.

ތޫފާން ދިތުވާ މިހާރު ލަންކާ ހުރަސްކޮށް ދަތުރުކޮށް

ބާރުވެސް ދަށްވެފައިވާއިރު ދިތުވާ ލަންކާއަށް އަރައި ހޭދަވި ވަގުތުތަކުގައި ގަދަ

ވަޔާއެއް ބޯކޮށް ވާރޭވެހުމުގެ ސަބުބުން ކޯރުތައް ފުރި ބަންޑުންވުމާއި ބިންގަނޑު

ކަނޑައިގެން ދިއުމުގެ ހާދިސާތައް ދިމާވިއެވެ.

މި ކާރިސާއާއި ގުޅިގެން އެ ޤައުމުން ވަނީ ބައިނަލްއަގުވާމީ

އެހީތެރިކަމަށް އެދި ގޮވައިލާފައެވެ. ލަންކާގެ އެ ގޮވައިލުމަށް އިޖާބަދީ ދިވެހި

ސަރުކާރުން ވަނީ ލަންކާއަށް 50 ހާސް ޑޮލަރާއި 25 ހާސް ދަޅު މަސް ހަދިޔާކުރަން

ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް