މޫސުން އިތުރަށް ގޯސްވެ، ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފި

މޫސުން އިތުރަށް ގޯސްވެ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފި އެވެ. ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 12:30 ން ހަވީރު 4:00 އާއި ހަމައަށެވެ. ރީނދޫ ސަމާލު ނެރެފައިވަނީ ރ. އަތޮޅުން ފެށިގެ...

30 Jul 2026 | 08:27
މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކުރެވޭ --

މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކުރެވޭ --

މޫސުން އިތުރަށް ގޯސްވެ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ރީނދޫ ސަމާލު ނެރެފި އެވެ.

ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 12:30 ން ހަވީރު 4:00 އާއި ހަމައަށެވެ. ރީނދޫ ސަމާލު ނެރެފައިވަނީ ރ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށެވެ.

މެޓުން ބުނީ އެ ސަރަހައްދަށް ވޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް މައުލޫމާތުދެ އެވެ.

މެޓުން މައުލޫމާތު ދޭގޮތުގައި މިހާރު ކުރަމުންދާ ވިއްސާރަ އަލިވާން ފަށާނީ އާދިއްތަ ދުވަހުން ފެށިގެންނެވެ. އަދި މާދަމާ އިތުރަށް މޫސުން ގޯސްވާނެ ކަމަށް ލަފާކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް